Support Us

10މިލިއަން ޑޮލަރަށް ގަނެފައިވާ ރިހި ފައިސާ ފޮއްޗެއް ނީލަމަށް

ޔޫ.އެސް މިންޓުން 1794 ގައި އުފައްދާފައިވާ ރިހި ހަނދާނީ ފައިސާފޮއްޗެއް ނީލަމަށް ލައިފިއެވެ. މި ރިހި ފައިސާފޮއްޗަކީ 2013 ގައި 10 މިލިއަން ޑޮލަރަށް މީހަކު ގަނެފައިވާ އެއްޗެކެވެ.

'ފްލޮވިންގ ހެއާރ’ގެ ނަމުން ނަންދީފައިވާ މި ފައިސާފޮތީގެ އެއްފަޅީގައި ކުރަހާފައި ވަނީ އިސްތަށިގަނޑު ދޫކޮށްލައިގެން ހުރި ލޭޑީ ލިބަރޓީގެ ތަސްވީރެކެވެ. އަނެއް ފަޅީގައި ވަނީ ބާޒެއްގެ ކުރެހުމެވެ. މި ފައިސާފޮއްޗަކީ 1794 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔޫ.އެސް މިންޓުން އުފެއްދި 1758 ފައިސާފޮތީގެ ތެރެއިން އެކައްޗެވެ.

ބޮރޫސް މޯލަން އޭނާގެ ފައިސާ ކަލެކްޝަން އަށް އިތުރު ކުރުމަށް މި ޑޮލަރު ގަނެފައި ވަނީ 2013 ގައެވެ. އޭރު އޭގެ އަގަކީ 10 މިލިއަން ޑޮލަރެވެ. މިއީ ދުނިޔޭގެ ރިކޯޑް ފޮތުގައި ރިކޯޑްކުރެވިފައިވާ އެންމެ އަގުބޮޑުކޮށް ގަނެފައިވާ ފައިސާފޮއްޗެވެ.

"މިއީ ވަރަށް ރީތި ފައިސާ ފޮއްޗެއް. މީގެ އަގުނުކުރެވޭހާ ފުރިހަމަ އެއްޗެއް. އަހަރެންގެ މިލްކުގައި އޮތީތީވެ ވަރަށް ފަހުރުވެރިވާ އެއްޗެއް. އެހެންވެ ވަރަށް ދެރަވޭ ދޫކޮށްލަންޖެހޭތީވެސް،" ބްރޫސް ބުންޏެވެ.

ކަމާ ބެހޭ މާހިރުން ބުނާގޮތުގައި މި ހަނދާނީ ފައިސާފޮއްޗަކީ ފައިސާގެ ގޮތުގައި ބޭނުންކުރަން އުފެއްދި އެއްޗެއް ނޫނެވެ. އަދި މިއީ ސަރުކާރުގެ އޮފިޝަލުންނާއި އިސްވެރިންނަށް ހަދިޔާއެއްގެ ގޮތުގައި ދީފައިވާ އެއްޗެކެވެ.

"އެއީ ޕީ.އާރް މާކެޓިން އިވެންޓެއް. މިއީ ހެދި ފުރަތަމަ ޑޮލަރު. އެހެންވީމާ އެމީހުން ބޭނުންވީ ވީހާވެސް ބޮޑަކަށް ސަމާލުކަން ހޯދަން،" އެމެރިކަން ނުމިސްމެޓިކް އެސޯސިއޭޝަންސް މަނީ މިއުޒިއަމްގެ ކިއުރޭޓަރ އަދި ޑިރެކްޓަރު ޑަގްލަސް މަޑް ސީ.އެން.އެން އަށް މައުލޫމާތު ދެމުން ބުންޏެވެ.

ބްރޫސް މޯލަންގެ އަތުގައި އޮތް މި ފައިސާފޮއްޗަކީ އޭރު އުފެއްދި ފުރަތަމަ ފައިސާފޮއްޗަށް ވުން އެކަށީގެންވެއެވެ. އޭގެ 130 ނުވަތަ 140 ޑޮލަރު މިހާރުވެސް އޮވެދާނެ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް މި ފައިސާފޮތިތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށްވެސް ބުންޏެވެ.

"މި ފައިސާ ފޮތި ހެދުމަށް ބޭނުންކޮށްފައި ހުރި ޑައި ހުރީ ވަރަށް ރަނގަޅު ކޮންޑިޝަނެއްގައިކަން ފާހަގަކުރެވޭ. އެހެން ވީމާ އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި މިއީ އުފެއްދި ފުރަތަމަ ޑޮލަރު،" ޑަގްލަސް ބުންޏެވެ.

ލެޖެންޑް އޮކްޝަންސް އިން ބްރޫސްގެ ޑޮލަރު ނީލަން ކިޔަން ނިންމާފައިވަނީ ލާސް ވޭގަސްގައި ހުންނަ ދަ ވެނެޝަން ހޮޓެލްގައި، އޮކްޓޯބަރު 8 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *