Support Us

ބަގީޗާއެއް ކޮންނަނިކޮށް 8 ލައްކަ ޑޮލަރުގެ އަގު ހުރި ރަން

ގާތްގަނޑަކަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ)ގެ އަގު ހުރި ރަން ފްރާންސް މީހަކަށް އޭނާގެ ބަގީޗާގެ ތެރޭގައި ވަޅުލައިފައި ހުއްޓައި ފެނިއްޖެއެވެ. މި އަގަށް ވާ ވަރުގެ ފަސް ރަން ބުރި އާއި ރަނުގެ ފައިސާ ފޮތިތައް (ފޮޓޯ) ފެނުނީ އެ މީހާގެ ބަގީޗާގައިވާ ފަތާފެންގަނޑެއް ކޮންނަނިކޮށެވެ.

މި ދިޔަ މޭ މަހު ފެނުނު މި ރަން ވާނީ އެ މީހާގެ މިލްކެއް ކަމަށް ރަސްމީ އިދާރާތަކުން ބުނީ މި ދިޔަ ބުދަ ދުވަހުއެވެ. އެއީ އެ މީހާގެ ގެ ހުރީ އާކިއޮލޮޖީ ނުވަތަ އިންސާނީ ތާރީހާއި ސަގާފަތް ދިރާސާ ކުރަން ބޭނުންކުރާ ސަރަހައްދެއްގައި ކަމަށް ނުވާތީއެވެ.

"ފަސް ރަން ބުރި އާއި ފައިސާ ފޮތިތައް ހުރީ ޕްލާސްޓިކް ކޮތަޅުތަކަކަށް ލައިފައި،" ފްރާންސްގެ ނޫހަކުން ބުންޏެވެ.

ފުލުހުންގެ ތަހުލީލަކުން ދެއްކި ގޮތުގައި އެ ރަނަކީ ގާނޫނީ ގޮތުން ހޯދައި، އަދި މީގެ 15 ނުވަތަ 20 އަހަރު ކުރިން ރަން ބުރިއަށާއި ފައިސާ ފޮތިތަކަކަށް ބަދަލުކޮށްފައިވާ ރަނެވެ.

ބަގީޗާގެ ކުރީގެ ވެރި ފަރާތް މަރުވެފައިވާ ކަމަށާއި ބަގީޗާގެ ބިމުގައި އެ ތަކެތި ވަޅުލައިފައިވުމުގެ ހަގީގަތް ނޭނގޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *