ދުނިޔޭގައި އެންމެ އަގުބޮޑުކޮށް ކޮފީ ތަށްޓެއް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ހުންނަ ކެފޭއަކުން ވިއްކަން ފަށައިފިއެވެ. އަގަކީ 980 ޑޮލަރު (15،111ރ.)އެވެ.
ޖުލިތް ކެފޭގެ އެއް ފައުންޑަރު ކަމަށްވާ ސަރްކަން ސެގްސޮޒް ހުރީ މި ކަމާ ހިތްހަމަޖެހިފައެވެ.
"އަހަރެމެން އިންވެސްޓް ކުރަން އެންމެ ރަނގަޅު ތަނަކީ ދުބާއީ ކަމަށް އަހަރެމެންނަށް އިހްސާސް ކުރެވުނީ،" ސަރްކަން ބުންޏެވެ.
ނާދިރު ގޮތަކަށް ތައްޔާރުކޮށްފައިވާ މި ކޮފީއަކީ ޕެނަމާގެ ނީޑޯ 7 ގީޝާގެ ނަން ދީފައިވާ ކޮފީ އޮށުން ތައްޔާރުކުރާ ކޮފީއެކެވެ. މި ކޮފީގައި މާމެލާމެއްޔާއި މޭވާގެ ރަހަ އެކުލެވެއެވެ. އޭގެ ތެރޭގައި ހުވަނދުމާ، ސިޓްރަސް މޭވާގެ ބާވަތްތައް އަދި އެޕްރިކޮޓް ހިމެނެއެވެ.
"މިއީ މާމުއި ކަހަލަ ބުއިމެއް. މަޑު އަދި ފޮނި ރަހައެއް ލާ ކޮފީއެއް،" ސަރްކަން ބުންޏެވެ.
ޖުލިތް ކެފޭއިން ވަނީ ވަރަށް ވާދަވެރި ނީލަމެއްގައި 20 ކިލޯގެ ނީޑޯ 7 ގީޝާގެ އޮށް ގާތްގަނޑަކަށް 600،000 ޑޮލަރު (9.2 މިލިއަން ރުފިޔާ)އަށް ގަނެފައެވެ.
ދުބާއީގެ ރަށްވެހިން މި ކަމާ ސިހުނަސް ހައިރާން ނުވާ ކަމަށް އެ މީހުން ބުނެއެވެ.
"ކަމަކު ނުދޭ އެކަމަކު ކީއް ކުރާނީ މިއީ ދުބާއީ ވިއްޔަ،" ދުބާއީގެ ރައްވެއްސަކު ކޮމެންޓް ކުރިއެވެ.
ޖުލިތް ކެފޭއިން ރާވައިފައިވަނީ 400 ކޮފީތަށި ތައްޔާރުކުރުމަށާއި ދުބާއީގެ ޝާހީ އާއިލާއަށް މަދު އަދަދެއްގެ ކޮފީ ތަށި ރިޒާވް ކުރާށެވެ.



advertisment