Support Us

އިންޑިއާގެ އަވަށަކުން ކިނބުލެއް ރަހީނުކޮށް ބަދަލުގެ ގޮތުގައި 50000 ރުޕީސް ދިނުމަށް އެދެފި

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ނޭޗަރ ރިޒާވައަކުން ސަލާމަތްވި ކިނބުލެ އަވަށަކުން ފެނުމުން އެ ސޮރު ރަހީނުކޮށް ބަދަލުގެ ގޮތުގައި 50000 ރުޕީސް ދިނުމަށްވެސް އެދެފިއެވެ.

ފެންގަނޑުގެ އަޑިން ގޮސް އަވަށެއްގެ ތެރޭގައި ކިނބޫ އޮއްވާ ފެނިގެން އަވަށުގެ މީހުން ފުރަތަމަ އުޅުނީ ވަރަށް ބިރުންނެވެ. ނަމަވެސް، ފަހުން އެސޮރު ހިފުމަށްފަހު ވަނީ ރަހީނުކޮށްފައެވެ.

ދިގުމިނުގައި އަށް ފޫޓު ހުރި ކިނބުލަށް އެ އަވަށާ ހަމައަށް ދެވުނީ މިދިޔަ އަންގާރަ ދުވަހު އެ ހިސާބުގަނޑަށް ކުރި މޫސުމީ ވާރެއެއްގައި ފެން ބޮޑުވުމުގެ ސަބަބުންނެވެ.

އޭ.އެފް.ޕީ އިން މައުލޫމާތު ދޭ ގޮތުގައި އަވަށުގެ މީހުން އެ ކިނބޫ ރަހީނުކޮށް ނޭޗަރ ރިޒާވްއަށް އޭތި އަނބުރާ ހަވާލުކުރާނީ ބައިލައްކަ ރުޕީސް ދިނުމުން ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރިޒާވްގެ އޮފިޝަލުންނާއި އަވަށުގެ ވެރިން މަޝްވަރާ ކޮށްފައިވެއެވެ. އަދި ކިނބޫ ރަހީނުކޮށް ބަދަލަށް ފައިސާއަށް އެދުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ބުނެދިނުމަށް ގަޑިއިރުތަކެއް ނެގި ކަމަށްވެއެވެ. މިކަމުގައި ފުލުހުންގެ އެހީ ހޯދާފައިވާ ކަމަށްވެސް ވެއެވެ.

އަވަށުގެ ރައްޔިތުންނަށް އެ ކިނބުލަކީ އިންޑިއާގެ ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓްގެ ދަށުން ހިމާޔަތް ކުރެވިފައިވާ އެއްޗެއް ކަމެއް ނޭނގެއެވެ. އަދި އޭތި ހައްޔަރުކޮށްގެން ގެންގުޅުމަކީ ހަތް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ފަދަ އަމަލެއް ކަމެއް ވެސް ނޭނގެއެވެ.

"އަހަރުމެން މިހާރު އެ ކިނބޫ ގަގްރާ ކޯރަށް ދޫކޮށްލައިފިން. އަދި މީހުންނަށް މިފަދަ ޖަނަވާރުގެ މައުލޫމާތު ފޯރޮކޮށްދިނުމަކީ މުހިންމެ ކަމެއް ކަމުގައި ދެކެން،" ނޭޗަރ ރިޒާރވްގެ އޮފިޝަލެއް ކަމަށްވާ އަނިލް ޕަޓޭލް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *