Support Us

ކޮވިޑް-19 ޖެހި ކޯމާއެއްގައި އޮތް މީހަކު 14 ހަފުތާ ކުރިން ވިއްސައިފި

ކޮވިޑް-19 ޖެހިގެން ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން ކޯމާއެއްގައި އޮތް މީހަކު ކޮލަމްބިއާގައި ވިއްސައިފިއެވެ. އުމުރުން 36 އަހަރުގެ ޑަޔާނާ އަންގޯލާގެ ފުއްޕާމޭގެ ހާލަތު ގޯސްވުމާއެކު ކުޑަ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް ޑޮކްޓަރުން ނިންމައި، ސިޒޭރިއަން ހަދާފައި ވަނީ ދުވަސް ފުރުމުގެ 14 ހަފްތާ ކުރިންނެވެ.

ޑަޔާނާގެ ކޭސްއަކީ ވަރަށް ހައިރާންކުރުވަނިވި ކޭސް އެއް ކަމަށް އެތެރެހަށީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕޯލާ ވެލަސްކުއޭސް ބުންޏެވެ.

"ޑަޔާނާ ފަދަ ބަލިމީހުންގެ ކޭސްތަކުގެ ރިކޯޑަށް ބަލާއިރު ސަލާމަތްވެފައި ތިބީ ވަރަށް މަދު ބައެއް،" އޭ.އެފް.ޕީއަށް މައުލޫމާތު ދެމުން ޕޯލާ ބުންޏެވެ.

މޭ 15 ގައި ޑަޔާނާ ހޮސްޕިޓަލަށް ގެންދިޔައީ ހުން ގަދަވާތީއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހާލު ދެރަވުމުގެ ސަބަބުން ކޯމާއަކަށް ލާފައިވަނީ އޭގެ 3 ދުވަސް ފަހުންނެވެ.

އެ ކްލިނިކްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ބުނެފައިވާ ގޮތުގައި ވިހޭއިރު ކުޑަ ދަރިފުޅު ނޭވާލުމަށް އުނދަގޫތަކެއް ކުރިމަތިވުމުގެ ސަބަބުން އިންކިއުބޭޓަރ އަކަށް ލާންޖެހުނެވެ.

މިހާރު ދެމައިންގެ ހާލުވެސް ރަނގަޅެވެ. އަދި ކޮވިޑް-19 އަށް ހެދި ޓެސްޓުތަކުން ދެމައިންވެސް ނެގެޓިވް ކަމަށް ވަނީ ދައްކައިފައެވެ.

ކޮލަމްބިއާ އަކީ ލެޓިން އެމެރިކާގެ ހަ ވަނަ އަށް ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ ގައުމެވެ. އެގައުމުގައި ޖުމްލަ 80،000 ކޭސް ތިބިއިރު، 2600 މަރު ރިކޯޑްކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *