Support Us

ފްރާންސްގެ ވޮލަންޓިއަރުން ކަމަށްވާ ކްރިސްޓިއަން އަބޭޒިއޯ (ކ) އަދި ޖެރާޑް އެލްއީ ޑަފް ބާވެފައިވާ މަސް ދާތައް ނިއުޅުވަނީ

ރަޝިޔާގެ ޑްރޯންތަކުން ސަލާމަތްވުމަށް ފްރާންސްގެ ބާ މަސް ދާތައް ޔޫކްރެއިނަށް

ފްރާންސްގައި ގެންގުޅޭ ބާވެފައިވާ މަސް ހިފާ ދާތަކަށް އާ ހަޔާތެއް ލިބިއްޖެއެވެ. އެއީ ޔޫކްރެއިންގެ މަގުތަކާއި އިންފްރާސްޓްރަކްޗަރު، ރަޝިޔާގެ ޑްރޯންތަކުން ސަލާމަތް ކުރުމަށެވެ.

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރިއަށްގެންދާ 11 އަހަރު ވީ ހަނގުރާމައިގައި ފްރާންސްގައި ހުރި ބާވެފައިވާ މަސް ދާތައް "ރި-ޕާޕަސް" ކުރަނީ ހިލޭސާބަހަށް ވޮލަންޓިއަރުކުރާ ގްރޫޕަކުންނެވެ.

"މީގެން ކުނި މަސް ކަހަލަ ވަހެއް ދުވަނީ،" މަސް ދާތައް ނިއުޅުވަމުން އުމުރުން 70 އަހަރުގެ ވޮލަންޓިއަރު ކްރިސްޓިއަން އަބޭޒިއޯ ބުންޏެވެ.

އޭނާއާއެކު މަސައްކަތްކުރާ ޖެރާޑް އެލްއީ ޑަފް ބުނީ މީގެ ކުރިން އިންސާނީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދިންއިރު ޑްރޯންތަކެއް ނޫޅޭ ކަމަށެވެ.

"ނަމަވެސް މިހާރު މި އޮތީ ޑްރޯން ހަނގުރާމައަކަށް ބަދަލުވެފައި،" ޖެރާޑް ބުންޏެވެ.

ފްރާންސްގެ އައްސޭރިފަށުން މަސް ހިފަން ބޭނުންކުރި ބާވެފައިވާ މަސް ދާތައް މިހާރު ބޭނުން ކުރަނީ ޔޫކްރެއިނަށް ވައްޓައި ބޮންތަކަށް ހުރަސްއެޅުމަށެވެ. އެއީ މަގުތަކާއ ދަނޑުތައް މަތީގައި އެ ދާތައް ފަތުރައިލައިގެންނެވެ. އެ ގޮތުން މި މަސް ދާތަކަށް މި ލިބުނު "ދެވަނަ ހަޔާތުން" ޔޫކްރެއިންގެ ރައްޔިތުންގެ "ހަޔާތް ސަލާމަތްކޮށްދެވޭނެ" ކަމަށް ވޮލަންޓިއަރު ގްރޫޕުން އުއްމީދު ކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *