Support Us

ރިޝްވަތު ނެގި ސިންގަޕޫރު ހާފްވޭ ހައުސްގެ މުވައްޒަފެއް 11 ހަފްތާއަށް ޖަލަށް

ސިންގަޕޫރުގައި ޓީން ޗެލެންޖް ހާފްވޭ ހައުސްގެ މުވައްޒަފަކު ރިޝްވަތު ނެގި މައްސަލައިގައި 980 ޑޮލަރުން ޖޫރިމަނާކޮށް، 11 ހަފްތާއަށް ޖަލަށް ލައިފިއެވެ. ޖޫން 3 ގައި މި މައްސަލައިގެ ހުކުމް ކޮށްފައި ވީނަމަވެސް އެހުކުމް ތަންފީޒު ކުރަން ފަށައިފައިވަނީ އިއްޔެއެވެ.

ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯއިން ބުނާގޮތުގައި އުމުރުން 60 އަހަރުގެ ރޯއީ އީވަން ރާޖޫ ވަނީ ހާފްވޭ ހައުސްގެ 12 މީހެއްގެ އަތުން ޖުމްލަ 3000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައިފައެވެ.

މި ހާފްވޭ ހައުސް އަކީ ސިންގަޕޯ ޕްރިޒަން ސާރވިސް އިން ކޮމިއުނިޓީ މަސައްކަތް ކުރުމަށް ފުރާވަރު އުމުރުގެ ކުދިން ފޮނުވާ ފެސިލިޓީއެކެވެ. މިގޮތުން ރޯއީގެ ވަޒީފާއަކީ އެތަނަށް ގެންދާ ކުދިން މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ބެލުމާއި، ސިނގިރޭޓާއި މަސްތުވާ ތަކެތި ބޭނުންކުރޭތޯ ބަލާ، އެކަން ހުއްޓުވުމެވެ.

ކުދިން އަތުން ނެގި ރިޝްވަތުގެ ބަދަލުގައި ރޯއީ ވަނީ ހަދަން ޖެހޭ ޓެސްޓްތައް ނުހަދައި، އަދި ކުދިން ގަވާއިދާ ހިލާފުވުމުން ފުރަންޖެހޭ ފޯމްތައް ނުފުރާ ދޫކޮށްލާފައެވެ.

ސީ.ޕީ.އައި.ބީ އިން ބުނިގޮތުގައި ރޯއީ ވަނީ އިތުރު ދެ ކުއްޖެއްގެ އަތުން ރިޝްވަތު ހޯދަން މަސައްކަތްކޮށް، ނާކާމިޔާބުވެފައެވެ.

އެ ބިއުރޯއިން ނެރެފައިވާ ބަޔާނުގައި މިފަދަ ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކުށްވެރިން އަލުން އަނބުރާ މުޖްތަމައަށް ނެރުމަށް ތައްޔާރުކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށްވެސް ބުނެފައިވެއެވެ.

"މިފަދަ ތަންތަނުގައި ތިބޭ މީހުންގެ އަތުން ފައިދާ ނަގާ، އޭގެ ބަދަލަށް އެމީހުން ބެލެހެއްޓުމުގައި ލުއިދޭ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅިގެންދާނެ،" ސީ.ޕީ.އައި.ބީގެ ބަޔާނުގައި ވެއެވެ.

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވާ މީހެއްގެ އަދަބަކީ އެއް ލައްކަ ޑޮލަރުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރަށް ޖަލަށްލުން ނުވަތަ ދެއަދަބު އެއްކޮށް ތަންފީޒުކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *