Support Us

ސްޕެއިންގެ ބާއެއްގެ ބޭރުގައި އަތުރައިފައިވާ މޭޒުތައް ދޮށުގައި ކަސްޓަމަރުން ކައިބޮއި ހަދަނީ

ކެފޭތަކުގެ ގޮނޑިތައް ވަގަށް ނަގާ ގްރޫޕެއް ހައްޔަރުކޮށްފި

ރެސްޓޯރަންޓްތަކާއި ބާތަކުގެ ބޭރުގައި އަތުރައިފައި ހުންނަ މޭޒުތައް ދޮށުގައިވާ ގޮނޑިތައް ވަގަށް ނަގައި ޖިނާއީ ކުށްކުރާ ގްރޫޕެއް ސްޕެއިންގައި ހައްޔަރުކޮށްފިއެވެ.

ހަ ފިރިހެނުންނާއި އެއް އަންހެނަކު ހިމެނޭ ގްރޫޕް ހައްޔަރުކުރީ 1،100 އަށްވުރެ ގިނަ ގޮނޑި ވަގަށް ނެގި ކަމަށް ޝައްކު ކުރެވިގެން ކަމަށް ޔޫރަޕްގެ އެ ގައުމުގެ ގައުމީ ފުލުހުން މި ދިޔަ ބުދަ ދުވަހު ބުންޏެވެ.

ވެރިރަށް މެޑްރިޑް އާއި އަދި ކައިރި އެހެން ހިސާބެއްގައި އޮންނަ ކުޑަ ސަހަރަކުން، 18 ތަނަކުން، މި ދިޔަ އޮގަސްޓް އަދި ސެޕްޓެމްބަރު މަސް ފަދަ ކުރު ދެ މަސް ދުވަހުގެ މުއްދަތެއްގައި، ރޭގަނޑުގެ އަނދިރިކަމުގައި ވަގަށް ނެގި، މި މާ ބޮޑު އަގެއް ނެތް ގޮނޑިތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 69،000 ޑޮލަރު (އެއް މިލިއަން ރުފިޔާ)އަށް އަރައިނެ ކަމަށް ފުލުހުން ލަފާކުރެއެވެ.

ޝައްކު ކުރެވޭ މި ގްރޫޕަށް ކުރިމަތިލާން ޖެހިފައިވާ ދައުވާތަކަކީ ވައްކަން ކުރުމާއި ޖިނާއީ ކުށް ކުރާ ޖަމާއަތެއްގައި ބައިވެރިވުމެވެ.

ވަގަށް ނެގި ގޮނޑިތައް ވަނީ ސްޕެއިންގެ އިތުރުން މަޣްރިބު ކަރަ އާއި ރޮމޭނިއާގައި ވިއްކައިފައި ކަމަށް ފުލުހުން ބުންޏެވެ.

ސްޕެއިންގައި ގިނަ ރެސްޓޯރަންޓްތަކާއި ބާތަކުން ރޭގަނޑު ކުރާ ކަމަކީ، އާއްމު ގޮތެއްގައި މައުދަން ނުވަތަ ހަރު ޕްލާސްޓިކުން ހަދައިފައި ހުންނަ މޭޒުތަކާއި ގޮނޑިތައް ބޭރުގައި ބަހައްޓަނީއެވެ. ގޮނޑިތައް ހުންނަނީ އެކަތި އަނެކަތި މައްޗަށް ލައި، ބިންމަތީގައި ޗޭނު ޖަހައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *