Support Us

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ކުޑަކުއްޖެއްގެ ހަށިގަނޑު ޖަނާޒާއަށް ގެންދަނީ

ސުލްހައިގެ މުއާހަދާ އިސްރާއީލުން 80 ފަހަރު މުގުރައިލައިފި

މި މަހު ކުރީކޮޅު ހަމާސްއާއެކު ގާއިމުކުރި ސުލްހައިގެ މުއާހަދާ 80 އަށްވުރެ ގިނަ ފަހަރު އިސްރާއީލުން މުގުރައިލައިފި ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ތުހުމަތުކޮށްފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން އިތުރުވާ ވަރަކަށް ޣައްޒާ ހަނގުރާމަ ހުއްޓައިލަންވި އެއްބަސްވުން ނުރައްކާތެރި އިމްތިހާނަކަށް ހުށަހެޅިފައިވާ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

"ސުލްހައިގެ މުއާހަދާ އިސްރާއީލުން 80 އަށްވުރެ ގިނަ ފަހަރު މުގުރައިލައިފި. މި ކަމުގެ ސަބަބުން ފަލަސްތީންގެ 80 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ،" ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުންޏެވެ.

އިސްރާއީލުން ދޭން ފަށައިފައިވާ ހަމަލާތަކުގެ ތެރޭގައި ސީދާ އާއްމުންގެ ގަޔަށް ބަޑިޖަހައިފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ. މިހެންވެ، ޣައްޒާ ހަނގުރާމަ ހުއްޓައިލައި އެއްބަސްވުން ދެމިއޮންނާނީ ކިހާ ދުވަހަކުކަމާމެދު ސިޔާސީ ތަޖުރިބާކާރުން މިހާރު ވަނީ ސުވާލު އުފައްދައިފައެވެ.

ސުލްހައިގެ އެއްބަސްވުމުގެ އެންމެ މުހިންމު އެއް ކަމަކީ އިންސާނީ އެހީ ޣައްޒާއަށް ވެއްދުމެވެ. ނަމަވެސް މި ކަން ވެސް މިހާރު ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އެއީ ދާދި ފަހުން ހިނގި ކުރިމަތިލުންތަކަކަށް ފަހު، ޣައްޒާއަށް ވައްދާ ހުރިހާ އެހީއަކަށް އިސްރާއީލުން ހުރަސްއަޅައިފައިވާތީއެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު މިހާރު އަލުން ހޫނުވެފައިވާ މަސްރަހު ފިނިކުރެވޭތޯ ސަރަހައްދީ ބާރުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ސުލްހައިގެ މުއާހަދާއަށް ދެ ފަރާތުން އަލުން ބޯލެންބުވުން ހިމެނެއެވެ. އެއްބަސްވުމުގެ ދަށުން، މީގެ ދެ އަހަރު ކުރިން ހަމާސްއިން ހައްޔަރުކުރި ހުރިހާ ރަހީނުންގެ ތެރެއިން ބާކީ ތިބި ހުރިހާ ރަހީނުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

"ސުލްހައިގެ އެއްބަސްވުން މި ގޮތަށް ކެނޑިނޭޅި މުގުރައިލަމުންދާ ސިޔާސަތުން ހާމަވަނީ، ޣައްޒާ ހަނގުރާމަ ހުއްޓައިލުން އެއްކޮށް ނުރައްކަލަކަށް ހުށަހެޅިފައިވާކަން،" ޣައްޒާގެ މީޑިއާ އޮފީހުގައި މަސައްކަތްކުރާ ފަލަސްތީންގެ އިސް އޮފިޝަލަކު ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ފެށި ޣައްޒާ ހަނގުރައިމައިގައި މިހާތަނަށް ވަނީ 67،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *