Support Us

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ނާޒުކު ސަރުކާރެއް

ޖަޕާނަށް ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު ގާނޫނު ހަދާ މަޖިލީހުން މިއަދު އިންތިހާބު ކުރިއިރު އޭނާގެ ސަރުކާރު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެފިއެވެ.

ސަނައީ ޓަކައިޗީ (ފޮޓޯ)އަކީ ހަރުކަށި ކަނާތުފިޔައިގެ ޕާލަމަންޓް މެންބަރެކެވެ. އެއް ޖިންސުގެ ކައިވެންޏާ އޭނާ ދެކޮޅު ހައްދަވައިތީ ޖަޕާންގައި އިޖުތިމާއީ އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ނުތަނަވަސްކަން ލިބިފައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

ނަމަވެސް ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ "ދަރިވަރެއް" ކަމަށް ބެލެވޭ ސަނައީއަކީ ދިފާއީ ދާއިރާއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ފަރާތެއް ކަމަށްވާތީ އިންވެސްޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ސަނައީ ބޮޑުވަޒީރުކަމަށް އިންތިހާބު ކުރުމަށް ގާނޫނު ހަދާ މަޖިލީހުން ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށް ވިޔަސް މި ނިންމުމާމެދު އެކި ފަރާތްތަކުގެ ހިޔާލު ތަފާތުވެފައިވަނީ މި ފަދަ ސަބަބުތަކަށްޓަކައި ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

ސަނައީ އިންތިހާބުވެ ވަޑައިގަތީ އޭނާ ނިސްބަތްވާ ވެރިކަންކުރާ ޕާޓީ، ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ)އިން އެންމެ ފަހު ވަގުތުގައި، ޖަޕާން އިނޮވޭޝަން ޕާޓީ (ޖޭ.އައި.ޕީ)އާއެކު ކޯލިޝަން އެއްބަސްވުމެއް ގާއިމުކުރީމައެވެ.

ސަނައީގެ ދަށުން އެކުލަވައިލި އާ ސަރުކާރަކީ ނާޒުކު ފައްތަރެއްގައި އޮތް ވެރިކަމަކަށްވެފައިވަނީ ސާފު އަޣްލަބިއްޔަތެއް ނެތް ތާނގައި ތަކެތީގެ އަގު ބޮޑުވުމާއި ގައުމީ ބޮޑު ދަރަންޏެއް އޮތީމައެވެ.

"ސިޔާސީ ހަމަޖެހުމަކީ މި ވަގުތަށް ކޮންމެހެން މުހިންމު ކަމެއް. ވަރުގަދަ އިގުތިސާދަކާއި ޑިޕްލޮމެޓިކް ރަނގަޅު ގުޅުންތައް ގާއިމެއް ނުކުރެވޭނެ ހަމަޖެހުން ނުގެނެސް،" ސަނައީ ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭނާގެ ބަސް ގަބޫލެއް ނުކުރެއެވެ.

އެލް.ޑީ.ޕީއާ ކުރިން ގުޅިފައި އޮތް، ބުދު ދީނަށް ނިސްބަތްވާ ފަރާތްތަކުން ތާއީދުކުރާ ކޮމެއިތޯ ޕާޓީގެ ތަރުޖަމާނަކު ބުނީ، އެލް.ޑީ.ޕީއާ ގުޅުން ކަނޑައިލީ "ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރަން ވެރިކަންކުރާ ޕާޓީން ތައްޔާރު ނުވެ އޮތީމާ އެ ކަމާ ބޮޑެތި ކަންބޮޑުވުންތައް ހުރީމާ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *