Support Us

ލިޔުމުގައި ބޭނުންކޮށްފައިވާ ފޮޓޯއަކީ އަސްލު ޕާސްޕޯޓުގެ ފޮޓޯއެއް ނޫނެވެ. އެއީ ކުރެހުންތެރިއެއްގެ ހިޔާލަށް، ޕާސްޕޯޓް އޮންނާނެ ގޮތް ކަމަށް ލަފާކޮށް ކުރަހާފައިވާ ކުރެހުމެކެވެ. އަސްލު ޕާސްޕޯޓުގެ ފޮޓޯ މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ރެމްސެސް މަރުވިތާ 3000 އަހަރު ފަހުން ޕާސްޕޯޓެއްގައި އޭނާ ދަތުރުކުރިކަން އެނގޭތަ؟

މިއީ ވަރަށް އާދަޔާޚިލާފު ވާހަކައެކެވެ. މިސްރުގެ ފިރުއައުނެއް ކަމަށްވާ ރެމްސެސް2، މަރުވިތާ 3000 އަހަރު ފަހުން، އޭނާގެ ނަމުގައި ޕާސްޕޯޓެއް ހައްދައިގެން، ރެމްސެސް2ގެ ގަބުރު 1967 ގައި މިސްރުން ފްރާންސަށް ދަތުރުކޮށްފައިވެއެވެ.

ރެމްސެސް2ގެ ފޮޓޯ ޖަހައި، ގަބުރަށް މިސްރު ޕާސްޕޯޓެއް ހައްދާފައި ވަނީ ރެމްސެސްގެ ހަށިގަނޑުގައި ފަންގަސް އަޅާތީ، އެކަމުން ސަލާމަތްކުރުމަށް، ޕެރިސް އަށް ގެންދަން ޖެހުމުންނެވެ.

މިސްރުގެ އެންމެ ވަރުގަދަ ފިރުއައުނުގެ ގޮތުގައި މަޝްހޫރު ވެފައިވާ ރެމްސެސް އަށް 'ގްރޭޓް އެންސެސްޓަރ’ގެ ނަމުން ނަން ދީފައިވެއެވެ. އޭނާ މަރުވުމުން ވަޅުލައިފައި ވަނީ ރަސްކަލުންގެ ވާދީގައެވެ. އަދި 1881ގައި އޭނާގެ ހަށިގަނޑު ފެނުމުން، ދައްކާލުމަށްޓަކައި މިއުޒިއަމް އޮފް އިޖިޕްޝަން އެންޓިކިޓީސް އަށް ވަނީ ބަދަލުކޮށްފައެވެ.

މައުރިސް ބުސެލް ނަމަކަށް ކިޔާ ޑޮކްޓަރަކު ރެމްސެސްގެ ހަށިގަނޑު 1975 ގައި ދިރާސާކުރިއެވެ. މި ކުރި ދިރާސާ އިން އެނގުނީ ރެމްސެސްގެ ހަށިގަނޑުގައި ފަންގަސް އަޅައި، އެއްކޮށް ކުނިވުމުގެ ފުރަސަތު ބޮޑުވެފައިވާ ކަމެވެ. ނަމަވެސް ފްރާންސްގެ ގާނޫނު ބުނާ ގޮތުގައި އެ ގައުމަށް އެތެރެވެވޭނީ ޕާސްޕޯޓެއްގެ ވެރިއަކަށެވެ. ވީމާ އެ ގާނޫނަށް ތަބާވުމުގެ ގޮތުން މިސްރުން ރެމްސިސް އަށް ޕާސްޕޯޓެއް ހެއްދީއެވެ.

"ރެމްސިސްގެ ގަބުރުގެ އިސްތިގްބާލުގައި 27 ސެޕްޓެމްބަރު 1976ގައި އެއާޕޯޓަށް ދިޔައީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ޔުނިވަރސިޓީސްގެ އެލިސް ސަންޓަރ އާއި މިލިޓަރީ ޔުނިޓެއް. ޖުމްލަ 67 އަހަރު ވަންދެން މިސްރުގައި ވެރިކަން ކުރި ރެމްސެސްގެ ގަބުރަށް ހާއްސަ މެހެމާންދާރީއެއް ފްރާންސުން އަދާކޮށްފައިވޭ،" ނިއު ޔޯކް ޓައިމްސްގައި ބުނެފައިވެއެވެ.

ރެމްސެސްގެ ގަބުރު ދިރާސާކޮށް، ފަރުވާކުރުމަށް ގެންދިޔައީ ޕެރިސް އެތްނޮލޮޖިކަލް މިއުޒިއަމަށެވެ. މި މަސައްކަތާ ހަވާލުވެ ހުރި ކްރިމިނަލް އައިޑެންޓިފިކޭޝަން އޮފް ޕެރިސްގެ ޗީފް ފޮރެންސިކް ސައިންޓިސްޓް ކަމަށްވާ ޕްރޮފެސަރ ޕިއެރ ފަރނަންޑް ކުރި ދިރާސާއިން ރެމްސެސްގެ އިސްތަށިގަނޑުން ބައިވަރު މައުލޫމާތު ނެގިއެވެ. މިގޮތުން އޭނާއަކީ ބުޅި، ރަތް އިސްތަށިގަނޑެއްގެ ވެރި، ދޮން މީހެއްކަން އެނގުނެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ. އަދި އޭނާއަކީ ކަށީގެ ބަލި ހުރި މީހެއް ކަމާއި، މިބަލީގެ ސަބަބުން އުމުރުގެ ފަހުކޮޅު ބުރަކަށީގައި ގުދެއް ހުރި ކަމަށްވެސް ހެކި ލިބިފައިވެއެވެ.

މީގެ އިތުރުން 1976ގައި ކުރި ދިރާސާގެ ތެރެއިން ރެމްސެސްގެ ބައެއް އިސްތަށި ވަގަށް ނަގާފައިވާކަން 2007ގައި އެނގިފައިވެއެވެ. ޖީން މައިކަލް ޑީބޮލްޓް ނަމަކަށް ކިޔާ މީހަކު 2000 ޔޫރޯއަށް މި އިސްތަށިތައް އޮންލައިންކޮށް ވިއްކާލަން އުޅެނިކޮށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން އެކަން ވަނީ ހުއްޓުވާފައެވެ. އޭނާ ބުނިގޮތުގައި އެ އިސްތަށިތައް އޭނާއަށް ލިބުނީ 1976ގައި ރެމްސެސް ދިރާސާކުރި ޓީމުގައި ހިމެނޭ އޭނާގެ ބައްޕަގެ އަތުންނެވެ.

ނޯޓް: ލިޔުމުގައި ވާ ފޮޓޯއަކީ އަސްލު ޕާސްޕޯޓުގެ ފޮޓޯއެއް ނޫނެވެ. އެއީ ކުރެހުންތެރިއެއްގެ ހިޔާލަށް، ޕާސްޕޯޓް އޮންނާނެ ގޮތް ކަމަށް ލަފާކޮށް ކުރަހާފައިވާ ކުރެހުމެކެވެ. އަސްލު ޕާސްޕޯޓުގެ ފޮޓޯ މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *