Support Us

1 ލައްކަ ޕައުންޑްގެ އަގުހުރި ކުރައެއް ފެނިއްޖެ

ޔޫކޭގެ ޑަރބިޝަރގެ މީހަކު މި ލޮކްޑައިންގައި އޭނާގެ ގެ ސާފުކުރަނިކޮށް ގަރާޖުތެރެއިން އަގުބޮޑު ކުރައެއް ފެނިއްޖެއެވެ.

ހެންސަންސް އޮކަޝަނަރސް އިން ބުނާގޮތުގައި މި ކުރަޔަކީ ޗައިނާގެ ކުރީގެ ވެރިއަކަށް ނިސްބަތްވާ އެއްޗެއް ކަމަށް ލަފާކުރެވެއެވެ. މި ކުރާ 20000 އާއި 40000 ޕައުންޑާއި ދެމެދުގެ އަދަދަކަށް ވިއްކާލެވޭނެ ކަމަށްވެއެވެ. ނަމަވެސް ޗައިނާއަށް އެއް ލައްކަ ޕައުންޑަށްވެސް ކުރާ ވިއްކިދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ކުރަޔަކީ މީލާދީން 1735 އާއި 1799 އާ ދެމެދު ހަދާފައިވާ އެއްޗެއް ކަމަށް ވެއެވެ. ވަށަމިނުގައި 15 ސެންޓިމީޓަރު ހުންނަ ކުޑަކުޑަ މި ކުރާގެ ބޭރުގައި މާތަކެއް ކުރަހާފައިވެއެވެ.

"މިއީ މި ލޮކްޑައުންގެ ތެރޭގައި ހޯދުނު އެންމެ އަގުހުރި އެތި. މިއީ ވަރަށް އުފާވެރި ހޯދުމެއް. އަށާރަ ވަނަ ގަރުނުގެ ޗައިނާގެ ކުރައެއް މީ. ހީވާ ގޮތުން މިއީ ޒެންލޯންގް އެމްޕަރަރގެ ކުރާ. އޭނައަކީ އޭރުގެ އެންމެ ވަރުގަދަ އެމްޕަރަރ،" ހެންސަންސް އޮކްޝަނަރގެ ވެރިޔާ ޗާލްސް ހެންސަން ބުންޏެވެ.

މިއާ އެއްވައްތަރު ދެ ކުރައެއް ޓައިވާންގެ ނޭޝަނަލް ޕެލެސް މިއުޒިއަމްގައި އެބަހުއްޓެވެ. އަދި މިފަދަ ކުރަޔަކީ ބޮޑެތި ހަފްލާތަކުގައި މެހެމާނުންނަށް ހޫނު ރާ ދިނުމަށް ބޭނުންކުރި ކުރައެއް ކަމަށް ވެއެވެ.

ސެޕްޓެމްބަރު 24 ގައި އޮންލައިންކޮށް މި ކުރާ ވިއްކާލުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *