Support Us

އިސްތަށި ކާ ކުއްޖެއްގެ ބަނޑުން 7 ކިލޯގެ އިސްތަށިި ބޯޅައެއް ނަގައިފި

އިންޑިއާގައި 17 އަހަރުގެ އަންހެން ކުއްޖެއްގެ ބަނޑުން އިސްތަށި ބޯޅައެއް ނަގައިފިއެވެ. މި އިސްތަށި ބޯޅައިގައި ހަތް ކިލޯ ހުއްޓެވެ. ފަސް މަހުގެ ކުއްޖެއްގެ ބަރުދަނުގައިވެސް ހުންނާނީ މިވަރެވެ.

ރެޕަންޒަލް ސިންޑްރޯމް ހުންނަ ސްވީޓީ ކުމާރީ އަކީ އިސްތަށި ކާހިތްވާ ކުއްޖެކެވެ. މިގޮތުން މިކުއްޖާގެ ބަނޑުގައި ހަރުލާފައިމިވާ ބޯޅައަކީ ވޭތުވެދިޔަ އަހަރުތަކުގައި ކައިފައި ހުރި އިސްތައްޓެވެ.

ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން، ފުރަތަމަ އަލްޓްރާސައުންޑް ރިޕޯޓުން ދެއްކީ ބަނޑުގައި އޮތީ ކެންސަރު ބަލި ހުރި ޓިއުމަރެއް ކަމަށެވެ. ނަމަވެސް ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު އެ އަންހެން ކުއްޖާގެ ބަނޑުން ނަގާފައިވަނީ އިސްތަށި ބޯޅައެކެވެ.

އިންޑިއާގެ ބޮކަރޯގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލްގައި މި އޮޕަރޭޝަން ކޮށްފައިވަނީ 31 އޮގަސްޓް ގައެވެ. އޮޕަރޭޝަން ކުރި ޑޮކްޓަރ ޖީ.އެން ސާހޫ ބުނިގޮތުގައި އޭނާގެ މަސައްކަތުގައި ހޭދަކޮށްފައިވާ 40 އަހަރުގެ ތެރޭގައިވެސް މިހާ ބޮޑު އިސްތަށި ބޯޅައެއް ނުދެކެއެވެ.

އޮޕަރޭޝަނަށްފަހު ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި ދެން އިސްތަށި ނުކާނެ ކަމަށް ސްވީޓީ ބުނެފައިވެއެވެ.

ދުނިޔެއިން ރެޕަންޒަލް ސިންޑްރޯމްގެ 90 ކޭސް ރިކޯޑްކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *