Support Us

މަންމަ މަރާލައިފައި އަމިއްލަ އަށް މަރުވާން ބެލިއިރު ވަޒަން ހުސްވެގެން ފުލުހުންނަށް ގުޅައިފި

އެމެރިކާގެ ފްލޮރިޑާ އަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނަކު ބަޑިޖަހައި މަންމަ މަރާލައިފައި އަމިއްލަ އަށް މަރުވާން ބެލިއިރު ވަޒަން ހުސްވެގެން ފުލުހުންނަށް ގުޅައިފިއެވެ.

ލޫއީ ޕޭޖްސް އޭނާގެ 59 އަހަރުގެ މަންމަ މިރިއަމް ގޮންޒާލޭޒް މިދިޔަ އާދިއްތަ ދުވަހު މަރާލީ ގޭތެރޭގައި ހިނގި ޒުވާބެއްގައި ހޫނުގަދަވެގެން ގޮހެވެ.

އެ ދުވަހު އޭނާ ވަޒީފާއެއް ހޯދަން މަންމަގެ ކާރުގައި ދާން އުޅުމުން މަންމަ ވަނީ އެކަން ހުއްޓުވައިފައެވެ. އެއަށްފަހު ފްރިޖުގައި ހުރި އޮރެންޖް ޖޫސް ޖަގެއް ނަގަން އުޅުމުން މަންމަ ވަނީ އެކަންވެސް ހުއްޓުވައިފައެވެ. އަދި އެކަމުގައި ދެމައިން ޒުވާބުކޮށް މަންމަ ވަނީ ވަޅިއެއް ނަގައި، ލޫއީ އަށް ބިރުދައްކައިފައެވެ.

އެ ހޫނުގައި ލޫއީ އިނދެފައި، އޭސީ ރިމޯޓު ދިނުމަށް މަންމަ ކައިރީގައި ތަކުރާރުކޮށް އެދުމުން، އެކަމާވެސް މަންމަ ދެކޮޅުހެދިއެވެ. އެހެންވެ ބަޑި ނަގައި މަންމަ ގަޔަށް ވަޒަންތައް ހުސްކޮށްލީއެވެ.

މަންމަ މަރާލުމަށްފަހު ލޫއީ އަމިއްލައަށް މަރުވުމަށް ބަޑި ޖަހަން ބެލިއިރު، ބަޑީގެ ވަޒަން ހުރީ ހުސްވެފައެވެ. އެހެންވެ އޭނާ ފުލުހުންނަށް، 911 އަށް ގުޅިއެވެ. ފުލުހުން ދިއުމުން ލޫއީ ވަނީ މަންމަ މަރާލީ އޭނާ ކަމަށް އެއްބަސްވެ، އޭނާ ޖަލަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ލޫއީ ބުނީ އޭނާ އަށް ކުރެވުނީ ކީއްކަމެއް ރަނގަޅަކަށް ނޭނގޭ ކަމަށެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގައި ލޫއީ މިހާރު ވަނީ ޖަލަށްލާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *