Support Us

ވަގަށް ނެގި ފޯނު ބޭނުންކުރަން ނޭނގުމުން ވެރިފަރާތާ ހަވާލުކޮށްފި

ފިހާރައެއްގެ ތެރެއިން ވަގަށް ނެގި ފޯނެއް، ބޭނުންކުރަން ނޭނގުމުން ދުވަސްކޮޅެއް ފަހުން އޭގެ ވެރިފަރާތަށް ރައްދުކޮށްފިއެވެ.

އިންޑިއާގެ ބެންގާލްގެ ފުުލުހުން ބުނީ 45000 ރުޕީސްގެ އެ ފޯނު ވަގަށް ނަގާފައިވަނީ ފޮނި ކާތަކެތި ވިއްކާ ފިހާރައެއްގެ ކައުންޓަރުގައި ބާއްވާފައި އޮއްވާ ކަމަށެވެ.

"މިކަން މީ މަޖާ ކަމެއް ކަމުގައި ވިޔަސް، އަހަރެން އުފާކުރަން ފޯނު ތަނަކަށް އެއްލާނުލާ، އަލުން އަނބުރާ އަހަރެންނަށް ރައްދު ކޮށްދިނީތީ،" ފޯނުގެ ވެރިފަރާތް ކަމަށްވާ ރިތޭޝް އަގަރްވާލް އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ފޯނުގެ ވެރިމީހާ އެހެން ނަމްބަރަކުން ފުރަތަމަ އެ ފޯނަށް ގުޅިއިރު، ފޯނު ވަނީ ނިއްވާލާފައެވެ. ނަމަވެސް ފަހުން ގުޅުމުން ޖަވާބުދީ، ފޯނު އަނބުރާ ދޭން ބޭނުންވާ ކަމަށް ވަގަށް ނެގި މީހާ ބުނި ކަމަށް ވެއެވެ.

"އަހަރެން ހައިރާންވީ އޭނަ ފޯނަށް ޖަވާބު ދީފައި ފޯނު ހަވާލުކުރަން ބޭނުން ވާހަކަ ބުނީމަ. އަހަރެން ހަމަ އެ ދުވަހު އޭނާގެ ގެއަށް ދިޔައިމަ ފޯނު ލިބުނު. އަދި ކުރެވުނު ކަންތަކާ މެދު އޭނށ ހިތާމަކުރާ ކަމަށްވެސް ބުނި،" ރިތޭޝް ބުންޏެވެ. ރިތޭޝް ބުނި ގޮތުގައި ފޯނު ވަގަށް ނެގި މީހާ އަށް ފިޔަވަޅު އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *