1. ހިލަ ބިންމަތީ ނިދާ ކުދިން ދެކޭ ހުވަފެންތަކުގެ ރިތިކަން ފިނިފެންމަލުގެ ދާންމަތީ ނިދާ ކުދިން ދެކޭ ހުވަފެންތަކަގެ ރީތިކަމަށް ވުރެ އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ.
2. އެ މީހުންގެ ޖައްލާދުންގެ ޝިކާރައަކަށް ވުމުންވެސް، އެ ޖައްލާދުންނަށް އިހުތިރާމު ކުރާ މީހުންނަށް އަހަރެން އިހުތިރާމެއް ނުކުރަމެވެ. އަދި ކިއެއް ހެއްޔެވެ؟ އެމީހުންގެ ޖައްލާދުންނަށް އިހުތިރާމުކޮށް ސަނާ ކިޔާ މީހުން ދެކެ ފޫހިވެ އެފަދަ މީހުންނަށް އަހަރެން ނަފުރަތުކުރަމެވެ.
3. "ކަލާ ހެއްޔެވެ؟ އަހަރެންގެ ލޭ ހޮޅިތަކަށް ކަލާ ވަދެ އަހަރެންގެ ބަޔަކަށް ކަލާވެ، ނިމިއްޖެއެވެ. ދެން، އެކަމުން އަހަންނަށް ޝިފާއެއް ލިބުން ފަސޭހަވާނެ ހެއްޔެވެ؟ ނޫނެކެވެ! ވަރަށް ވެސް އުނދަގޫވާނެއެވެ!"
4. މީހަކު ކުރެން އެހުނެވެ. ހޮބީއެއްގެ ގޮތުން އިނބަ ކުރާ ނުރައްކާ ކަމެއް އޮތް ނަމަ އަޅެ ބުނެބަލާށެވެ. ޖަވާބުގައި އޭނާ ބުންޏެވެ. "އަންހެނުން ރުޅިއައިސް ހުރެގެން ކުރާ ސުއާލަށް ޖަވާބު ދިނުމެވެ."
5. އެއްރެއަކު ވަގަކު މުސްކުޅި އަންހެނެއް ގެއަށް ވައްކަންކުރުމުގެ ނިޔަތުގައި ވަނެވެ. ނަމަވެސް، އަންހެން މީހާ އެ ވަގުތު ނިދަން އޮށޯންނަން ތައްޔާރުވުމުގެ ގޮތުން ރީތިވެލައި ބޯ އޮމާން ކުރަނީއެވެ. އަންހެން މީހާ ނިދަން އޮށޯވޭތޯ ކެތްކޮށްލައިގެން ވަގުކަލޭގެ ހުއްޓެވެ. އެންމެ ފަހުން ތިންގަޑިއިރު ވަންދެން ބޯ އޮމާންކޮށް ރީތި ވެލުމަށް ފަހު އަންހެން މީހާ ނިދަން އޮށޯތެވެ.
ވަގު ކަލޭގެ އަވަސްއަވަހަށް ގެއިން ވަގަށް ނަގާނޭ އެއްޗެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް، އެފަދަ އެއްވެސް އެއްޗެއް އޭނައަކަށް އެ ގެއަކުން ނުފެނުނެވެ. ދެން، ރުޅިއައިސްގެ ހިތާހިތާ ބުންޏެވެ. މި އަންހެން މީހާ އަހަރެންގެ އަގުހުރި ތިން ގަޑިއިރުނަގާލިއެވެ. މަވެސް އޭނައަށް ލަނޑެއް ދޭނަމެވެ. އޭނާގެ ތިންގަޑިއިރު ބޭކާރު ކޮށްލާނަމެވެ. މިހެން ބުނެ، އަންހެން މީހާގެ ކޮޓަރިއަށް ވަދެ، އޭނާގެ ބޯ ހާވާލައިފައި ދުވެ ގެއިން ނިކުމެގެން ދިޔައެވެ.
6. އަންހެނަކު އޭނާގެ ފިރިމީހާ ނިދީގައި ވާހަކަ ދައްކާތީ އެކަމުގެ ޝަކުވާކޮށް އެކަމަށް ފަރުވާއެއް ހޯދަން ޑަކްޓަރު ކައިރިއަށް ދިޔައެވެ. ދެން ޑަކްޓަރު ފަރުވާއެއް ކިޔައިދިނެވެ. ޑަކްޓަރު އަންހެން މީހާ ގާތު ބުނީ ހޭލާ ހުންނައިރު ފިރިމީހާ ވާހަކަ ދައްކަން ފުރުސަތު ދިނުމެވެ.
7. މީހަކު އޭނާގެ އަޚެއް ގާތު ބުންޏެވެ.
މިހާރު އެމެރިކާ މީހުން ހަނދަން ހިނގައްޖެއެވެ. އަދިވެސް އަހަރުމެން މިއުޅެނީ ފާލަން އެޅުމުގައެވެ. ތަންކޮޅެއް މޮޅު ކަމެއް ކުރަމާ އަންނާށެވެ.
އަނެކަކު އެއްސެވެ. މޮޅުކަމަށް ކުރާނީ ކޮން ކަމެއް ހެއްޔެވެ؟
ޖަވާބުގައި ފުރަތަމަ މީހާ ބުންޏެވެ. އިރަށް ދިޔުމުގެ މަސައްކަތް ފަށަމާ އަންނާށެވެ.
އިރު އެއީ ވަރަށް ހޫނު އެއްޗެއް ނޫން ހެއްޔެވެ؟ އެހެންވެ، އިރަށް ދާނީ ކިހިނެއް ހެއްޔެވެ؟
އެކަން ކުރާނީ ރޭގަނޑުގެ ފިނީގައެވެ!
8. މީހަކު ވަޒީފާއަކަށް އެދިގެން އޮފީހަކަށް ދިޔައެވެ. އޮފީހުގެ ވެރިޔާ އޭނާއާ ބައްދަލުކުރުމަށް ފަހު، އޭނާއަށް ވަޒީފާ ދޭން ނިންމިއެވެ. ދެން، ވަޒީފާއަށް އެދުނު މީހާ މުސާރައިގެ ވާހަކަ އެއްސެވެ. ޖަވާބުގައި ވެރިޔާ ބުންޏެވެ. ފެށޭ މުސާރައަކީ ފަނަރަ ހާސް ރުފިޔާއެވެ. ދެ އަހަރު ފަހުން، އަށާރަ ހާހަށް ބަދަލުވާނެއެވެ. ދެން، ވަޒީފާއަށް އެދުނު މީހާ ބުންޏެވެ. އަހަރެން ދެ އަހަރު ފަހުން އަންނާނަމެވެ.
9. ބަދައްވަކު އަލަށް މަތިންދާ ބޯޓަކަށް އެރިއެވެ. ބޯޓުން ކެއުމަށް ފަހު، ވަރަށް ބޮޑަށް ފާޚާނާ ކުރަން އޭނަ ބޭނުންވިއެވެ. ދެން، އެއާރ ހޮސްޓެސް އަށް ގޮވާލައިފައި 'ކީސް’އެއް (ކޮތަޅެއް) ދޭށޭ ބުންޏެވެ. އެއަރ ހޮސްޓަސްއަށް ހީވީ 'ކިސް’އެއް ދޭށޭ ބަދަވީ މީހާ ބުނިކަމަށެވެ. ދެން، ވަރަށް ކަންބޮޑުވެގެން ގޮސް، ޕައިލެޓް ގާތު މި ވާހަކަ ބުންޏެވެ. ސަމާސާއަކަށް ހަދާލާފައި ބަދަވީ މީހާ ބޭނުން ކަންތައް ކޮށްލަދޭށޭ އެއަރ ހޮސްޓެސް ގާތު ޕައިލެޓު ބުންޏެވެ. ދެން، އެއަރ ހޮސްޓެސް ބަދަވީ މީހާ ކައިރިއަށް ގޮސް، އޭނާގެ ދެ ކޮލަށް އިޝާރަތް ކޮށްލާފައި 'ކީސް' ދޭންވީ ކޮން ކޮލަކަށްތޯ އެއްސެވެ. ބަދަވީ މިހާރު ހުރީ ހާޖަތަށް ދެވެން ކައިރިވެ ފައެވެ. ދެން، އަވަސްވެގެންފައި، އޭނާ އިޝާރަތްކުރީ އޭނާގެ ފޫކޮޅަށެވެ!
