Support Us

ކަޝްމީރުގައި އިންޑިއާ ސިފައިންތަކެއް ހިނގައިފައިދަނީ

ކަޝްމީރުގައި ޓޫރިސްޓުން މަރައިލުމުން އިންޑިއާ އާއި ޕާކިސްތާނުން ހަމަލާ ބަދަލުކޮށްފި

އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރު ފަޅީގެ ޕަހަލްގަމްގައި ކަޝްމީރު ރެސިސްޓެންސުން އަންގާރަ ދުވަހު އިންޑިއާގެ 26 ޓޫރިސްޓުން މަރައިލި މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ރޭ ހަމަލާ ބަދަލުކޮށްފިއެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެ ނުވަތަ ޒަހަމްވެފައި ނުވާ ކަމަށް ދެ ގައުމުން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ދަށުން 1947 ގައި މިނިވަންކަން ލިބުނު ފަހުން ދެކުނު އޭޝިއާގެ ދެ ނިއުކްލިއާ ބާރުން މިހާތަނަށް ވަނީ ކަޝްމީރުގެ މައްޗަށް ބާރު ހިންގަން ތިން ހަނގުރާމަކޮށްފައެވެ.

އިންޑިއާއިން ތުހުމަތުކުރީ ކަޝްމީރު ރެސިސްޓެންސަކީ ޕާކިސްތާންގެ ލަކްޝަރޭތޮއެބާއާ ގުޅިފައިވާ ގްރޫޕެއް ކަމަށާއި މި ހަމަލާއަށް ޕާކިސްތާނުން ތަރުހީބު ދީފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މި ކަމާ ދެކޮޅު ހަދައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ، ޒަހަމްވި 30 މީހުންގެ އާއިލާތަކަށް ހަމްދަރުދީ ފާޅުކޮށްފައެވެ.

އިންޑިއާއިން ވަނީ ޝައްކު ކުރެވޭ ތިން މީހަކު ފާހަގަކޮށް އޭގެ ތެރެއިން ދެ މީހުންނަކީ ލަކްޝަރޭތޮއެބާއާ ގުޅިފައިވާ ޕާކިސްތާން ރައްޔިތުން ކަމަށް ބުނެފައެވެ.

އިންޑިއާއިން މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑު މަގުން އަސްކަރީ ޑްރިލްތަކެއް ފަށައިފައެވެ.

"މި ހަމަލާ ދިން މީހުންނާއި މި ކަން ސްޕޮންސާ ކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

ޕާކިސްތާނުން ބުނީ އިންޑިއާއިން އަޅާ ކޮންމެ ފިޔަވަޅަކާ ދެކޮޅަށް އެ ގައުމުން ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުރިހާ ޑިޕްލޮމެޓުން ދެ ގައުމުން ބޭރުކޮށްލުމާ ގުޅިގެން އދ.އިން ގޮވައިލީ ހޫނުވަމުންދާ މަސްރަހު ފިނިނުކުރެވިއްޖެ ނަމަ ދެކުނު އޭޝިއާ ސަރަހައްދު ހަލަބޮލިވެދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *