Support Us

ތައިލެންޑްގައި ގާޑިއަލަކުން ރޭބަން ނަކްލެންގްބޫން ގަތް މަޝްހޫރު 'ބްލެކް ބީން' ބްރޭންޑްގެ އައިސް ކްރީމް ބާއެއްގެ ތެރޭގައި ޅަ ހަރުފައެއް ގަނޑުވެފައި

އައިސް ކްރީމް ބާގެ ތެރޭގައި ގަނޑުވެފައިވާ ޅަ ހަރުފައެއް

ތައިލެންޑް މީހަކު އައިސް ކްރީމް ބޯން ގޮސްފައި ލިބުނީ ސިހުމެކެވެ. މަގުމަތީ ގާޑިއަލަކުން ގަތް އައިސް ކްރީމް ބާއެއްގެ ތެރޭގައި އޮތީ ގަނޑުވެފައިވާ ޅަ ހަރުފައެކެވެ.

"އެ ސޮރުގެ ބޯ ބޭރަށް ފެންނަން އޮތީ،" ފޭސްބުކްގައި އެ އައިސް ކްރީމް ބާގެ ފޮޓޯތައް ހިއްސާ ކުރަމުން ރޭބަން ނަކްލެންގްބޫން ނަމަކަށް ކިޔާ މީހާ ބުންޏެވެ.

ފޮޓޯތައް ފޭސްބުކަށް ލުމާއެކު އެ ވަނީ މި ހަފުތާގައި ވައިރަލްވެފައެވެ.

ރޭބަން ބުނީ އޭނާގެ ހިތަށް ބިރުވެރިކަން އިހުސާސް ކުރެވުނު ކަމަށެވެ. ސަބަބަކީ މި ފަދަ ކަމެއް ދިމާވެދާނެ ކަމާމެދު އެއްގޮތަކަށް ވެސް ހިޔާލަށް އައިސްފައި ނުވާތީއެވެ.

ސޯޝަލް މީޑިއާގައިވާ ފޮޓޯތައް ބެލުމަށް ފަހު އެތައް ބަޔަކު ބުނީ މިއީ ސިހުން ލިބޭ ފަދަ ކަމެއް ކަމަށެވެ.

ނަސީބަކުން އައިސް ކްރީމް ބާ ލައިފައިވާ އުރަ ނައްޓައިލުމާއެކު ރޭބަންއަށް އެ ހަރުފަ ފެނުނެވެ. އެއީ އެ އައިސް ކްރީމް ބާ އޭނާ އަނގައަށް ލުމުގެ ކުރިންނެވެ.

މި ހަރުފައަކީ ކަޅާއި ރީނދޫ ކުލައިގެ ހަރުފައެކެވެ.

"އެ ސޮރުގެ ލޯ ވަރަށް ބޮޑު! އެ ސޮރު އޮތީ މަރުވެފައިބާ؟ މިއީ ގާޑިޔަލަކުން ގަތް 'ބްލެކް ބީން' އައިސް ކްރީމެއް. މިއީ ހަގީގީ ފޮޓޯއެއް. އެހެނީ އަހަރެން މި އައިސް ކްރީމް ގަތީ،" ފޭސްބުކަށް ލީ ފޮޓޯތަކާއެކު ރޭބަން ލިޔެފައިވެއެވެ.

ބްލެކް ބީންއަކީ ތައިލެންޑްގައި މަޝްހޫރު ބްރޭންޑެއްގެ އައިސް ކްރީމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *