އަހަރެމެން އެންމެންނަކީ ވެސް ހިތްވަރާއި ކެތްތެރިކަން ހުރި ބައެކެވެ. ހަޔާތުގައި ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެއެވެ. ޕޮޒިޓިވް އެޓިޓިއުޑްއަކާއި ރަނގަޅު ވިސްނުމެއް ގެންގުޅުމުން މިއިން ކޮންމެ މައްސަލައެއް ހައްލުކުރެވޭނެއެވެ. އަހަރެމެން އިންސާނުންގެ ރޫހަކީ އެ ކަހަލަ އެއްޗެކެވެ. އަހަރެމެން ހިނގަންވާނީ އިސްއުފުލައިގެންނެވެ. އަހަރެމެންގައިވާ ބާރު އެއީ ނެތް އެއްޗެއް ކަމަށް ދެކިގެންނުވާނެއެވެ. އެ ގޮތުން ހިތަށް ފިނިކަން ގެނެސް ދޭ ބްރޫކްލިން ކޫރީގެ ދިރިއުޅުމަށް ބަލައިލަމާ ހެއްޔެވެ. މޮޑެލްކުރަމުންއައި ބްރޫކްލިންއަށް ވަނީ ކުއްތާއެއް ހަމަލާ ދީ އޭނާގެ މޫނުމަތީގައި ދަތްއަޅައިފައެވެ.
ބްރޫކްލިންއަށް އޮޅިގެން ހީކުރެވުނީ އެއީ އޮޅު ޕިޓް ބުލްގެ ބާވަތުގެ ކުއްތާއެއް ކަމަށެވެ.
ބްރޫކްލިން އުޅުނީ ބަދިގޭގައެވެ. އޭނާގެ ދެބެންގެދެދަރި ކުއްޖެއް ގެންގުޅޭ އުމުރުން އަށް އަހަރުވީ "ޑީސަލް"ގެ ނަން ދީފައިވާ ކުއްތާގައި ފިރުމުމުގައެވެ. އޭގެ ކުރިން ޑީސަލްއަކީ ރަހްމަތްތެރި ގޮތެއް ހުންނަ އަދި ބްރޫކްލިންއާ ގުޅޭ ކުއްތާއެކެވެ. ނަމަވެސް އެ ދުވަހު ބްރޫކްލިންއަށް ޑީސަލް ހަމަލާ ދިނީ ހަމަ ހުރެފައި ކުއްލިއަކަށެވެ.

ހަމަލާއަށް ފަހު ވެސް ބްރޫކްލިން މަސައްކަތްކުރީ ހަމަޖެހިލައިގެން ހުރުމަށެވެ. ނަމަވެސް ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. އެހެނަސް ސިއްހީ ދާއިރާގެ ފަންނީ މީހުންނަށް ނުކުރެވުނު ކަމެއް އޮތެވެ؛ ބްރޫކްލިންގެ ޒަހަމްވި މަތީ ތުންފަތް ސާޖަރީ ހަދާ ޑޮކްޓަރުންނަށް ރަނގަޅެއް ނުކުރެވުނެވެ.
ބްރޫކްލިން ތަހައްމަލުކުރި ނަފުސާނީ އަދި ޖިސްމާނީ ދަތުރު އޭނާވަނީ އޮންލައިންކޮށް އާއްމުންނާ ހިއްސާކޮށްފައެވެ.
މި ހާދިސާއިން އަރައިގަތުމަށް ކުރި ދަތުރު ބްރޫކްލިން ކިޔައިދީފައިވަނީ ވަރަށް ބޮޑަށް ހުޅުވައިލައިގެން ދެފުށްފެންނަ ގޮތަށް އާއްމުންނާ ހިއްސާކޮށްގެންނެވެ. އޭނާގެ ތަޖުރިބާތަކާއި ވިސްނުންތަކާއި ޖަޒުބާތުތައްވަނީ އިންސްޓަގްރާމްގައި އާއްމުންނާ ހިއްސާކޮށްފައެވެ.
"އަހަރެންނަށް ހަމަލާ ދިން ވަގުތު އަހަރެންގެ ކުރިމަގު އޮތީ ކިހިނެތްކަން ވިސްނައިލަން ދަތިވި،" ބްރޫކްލިން ބުންޏެވެ.
ހުރިހާ ކަމަކަށް ފުރިހަމައަށް އިތުބާރުކުރަން އަބަދު ނަސޭހަތްތެރިވަމުންއައި މީހުންނަށް އޭނާ ޝުކުރުވެރިވި ކަމަށް ބްރޫކްލިން ބުންޏެވެ.
ބްރޫކްލިން ބުނެފައިވަނީ އޭނާއަކީ "ފުރިހަމަ" ނުވަތަ "ޕާފެކްޓް" މީހެއް ނޫންކަމަށެވެ.

އިންސްޓަގްރާމްގައި ގިނަ ބަޔަކު އުޅެނީ އެ މީހުންނަކީ ޕާފެކްޓް މީހުން ކަމަށް ހެދިގެންނެވެ. އާއްމުންނަށް ދައްކަނީ، އެ ކަހަލަ އެއްވެސް މައްސަލައެއް ނުހުންނަ ކަމުގެ "އިމެޖެއް" ނުވަތަ ތަސައްވުރެކެވެ. އެއާ ހިލާފަށް ބްރޫކްލިން ދައްކަނީ އޭނާގެ ހަޔާތުގެ ގޮއްލަރުކަމެވެ. ސްކޭޓްކުރާ މީހަކަށްވާތީ ކަމަށްވެސް ވެދާނެއެވެ. ބިންމައްޗަށް ވެއްޓުމާއި އޭނާއަށް ކުރިމަތިވާ އެހެނިހެން ނިކަމެތިކަން ވެސް އޭނާ އިންސްޓަގްރާމްގައި ހާމަކުރެއެވެ.
ބްރޫކްލިންއަށް ލިބުނު ޒަހަމަކީ ދިރިއުޅުމުގައި އޭނާ ފަހަތަށް ޖެހެންޖެހޭ ސަބަބެއްކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ. އެ ޒަހަމާ ހެދި އޭނާ ހަޔާތުން ބަލިވީ ކަމަކަށް ނުދެކެއެވެ. އަދިވެސް ސާޖަރީތައް ހަދަމުން އަންނައިރު އޭނާގެ އަންހެންވަންތަކަން އޭނާ ފާހަގަކުރެއެވެ. ތުންފަތުގައި ލާނެ ލިޕްސްޓިކް ގަންނަން ސީފޮހާ ފަދަ ފިހާރަތަކަށް ޒިޔާރަތްކުރާއިރު އޭނާގެ އުފާވެރިކަން ބްރޫކްލިން ދުނިޔެއާ ހިއްސާކުރެއެވެ.

ބްރޫކްލިންގެ ލޯބީގެ ހަޔާތް ވެސް ކާމިޔާބުކަމާއެކު ކުރިއަށް އަންނައިރު އޭނާ މިހާރު އަންނަނީ އޭނާގެ އިންސްޓަގްރާމް ބޭނުންކޮށްގެން އެހެން މީހުންނަށް ދިމާވެފައިވާ މި ކަހަލަ ތަޖުރިބާތައް ހިއްސާކުރުމުގައި އެ މީހުންނަށް ހިތްވަރުދެމުންނެވެ.
"ތިޔައިން އެއްވެސް ފަރާތަކީ ޖިސްމާނީ ނުވަތަ ނަފުސާނީ ނުވަތަ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިލަން ވެސް ބޭނުންވާ މީހެއް ނަމަ އަހަރެން މި ހުރީ ތިބާގެ ވާހަކަ އަޑުއަހަން ތައްޔާރަށް،" ބްރޫކްލިން ބުންޏެވެ.



advertisment