Support Us

ކުރު ވާހަކަ: ދެ ބަނޑިޔާ ހިފައިގެން ފެން ބަލައި ދާ މުސްކުޅި ދައިތަ

މުސްކުޅި އަންހެނަކު ފެން ބަލައި ދަނީ ދެ ބަނޑިޔާ ހިފައިގެންނެވެ. ދެ ބަނޑިޔާ ވަނީ ލަކުޑިކޮޅެއްގެ ދެ ފަރާތުގައި ބަނދެލައިފައެވެ. އޭނާ އެ ގެންދަނީ ދެ ކޮނޑުގައި ބެލެންސް ކޮށްގެންނެވެ.

މިއީ މަށިން ހަދައިފައިވާ ދެ ބަނޑިޔަލެވެ. އެ ތަނުން އެއް ބަނޑިޔަލަކީ މައްސަލައެއް ނެތް ފުރިހަމަ ރަނގަޅު ބަނޑިޔަލެކެވެ. ނަމަވެސް އަނެއް ބަނޑިޔަލުގައި ރެނދެއް ލައިފައި ހުރެއެވެ.

މުސްކުޅި ދައިތައަށް ގެއަށް އާދެވޭއިރު ރަނގަޅު ބަނޑިޔާ ހުންނަނީ ހުރިހާ ފެނާއެކު ފުރިފައެވެ. ނަމަވެސް ރެނދު ލައިފައި ހުންނަ ބަނޑިޔަލުގެ ދެބައިކުޅައެއްބައިގައި ފެނެއް ހަރެއްނުލައެވެ. މިހެންވެ، ދައިތައަށް ގެއަށް ގެނެވެނީ ދޮޅު ބަނޑިޔަލުގެ ފެނެވެ.

ދައިތަ ފެން ބަލާދަނީ ދުރުގައި އޮންނަ ކޯރެއްގެ ކައިރިއަށެވެ. މި ގޮތަށް އޭނާ ފެން ބަލައިދާތާ ދެ އަހަރު ވީއެވެ.

މައްސަލައެއް ނެތް ރަނގަޅު ބަނޑިޔާ ހުންނަނީ އުފަލުންނެވެ. ފަހުރުވެރިވެފައެވެ. ނަމަވެސް ރެނދުލައިފައި ހުންނަ ބަނޑިޔާ ހުންނަނީ ލަދުންނެވެ. ފުރިހަމައަށް ފެން ފުރައިލައިގެން ދައިތަގެ ގެއާ ހިސާބަށް ނުފޯރާތީއެވެ. މިއީ ރެނދުލީ ބަނޑިޔާގެ ވަރަށް ބޮޑު ފޭލިވުމެއް ކަމަށް ރެނދުލީ ބަނޑިޔާ އަމިއްލައަށް ގަބޫލުކުރިއެވެ.

މި ގޮތަށް ކަންތައް ކުރިއަށްދާތާ ދެ އަހަރު ފަހުން އެއް ދުވަހަކު ރެނދު ލީ ބަނޑިޔާ ދައިތަ ކޯރު ކައިރީގައި ހުއްޓާ ދައިތައާ ދިމާއަށް ބުންޏެވެ: "އަހަރެންގެ ނަފުސާމެދު އަހަރެން ލަދުގަނެއެވެ. ސަބަބަކީ ތިބާގެ ގެއާ ހިސާބަށް ދެވޭއިރު ތިބާ އަހަރެންގެ ތެރެއަށް އަޅާ ފެނުގެ ދެބައިކުޅައެއްބައި ލީކުވެގެން ބޭރަށް ފައިބާތީއެވެ."

ދައިތަ ހިނިތުންވެލިއެވެ. އަދި ބުންޏެވެ: "އަހަރެމެން ގެއަށް ދާ މަގުގައި ތިބާއަށް ކުރިމަތިވާ ފަރާތުގައި މާގަސްތައް ހެދިފައިވާ މަންޒަރު ތިބާ ދެކެން ހެއްޔެވެ؟ އެއާ ހިލާފަށް، ހަލާކު ނުވާ ރަނގަޅަށް ހުރި ބަނޑިޔާ އިންނަ ފަޅީގައި މާގަސްތަކެއް ނެތެއް ނޫން ހެއްޔެވެ؟ މިހެން މިވީ ތިބާގައި ރެނދެއް ލައިފައި އިންނަކަން އަހަރެންނަށް އަބަދުވެސް އެނގޭތީއެވެ. މިހެންވެ އަހަރެން ކުރި ކަމަކީ ތިބާ ހުންނަ ފަޅީގައި މަގުގެ އަރިމަތީގައި މާ އަޅާ ގަސްގަހުގެ އޮށް އިންދީއެވެ. އަދި މިހެންވެ، ކޮންމެ ދުވަހަކު ފެން ހިފައިގެން އަހަރެންނަށް ގެއަށް ދެވޭއިރު ތިބާގެ ފަރާތުން އެ މާގަސްތަކަށް ފެން ލިބެއެވެ. މިވީ ދެ އަހަރުގެ ތެރޭގައި އަހަރެންގެ ގޭގެ މޭޒުމަތި ޒީނަތްތެރިކުރަން އަހަރެންނަށް މާ ލިބޭނެ ފުރުސަތު ތަނަވަސްވެފައިވެއެވެ. ތިބާ ތިބާގެ ގޮތުގައި ނެތް ނަމަ، މި ރީތިކަން އަހަރެންގެ ގެއަކަށް ނުލިބުނީހެވެ."

މި ވާހަކައިން ލިބޭ އިބުރަތްތެރި ފިލާވަޅަކީ މިއެވެ:

އަހަރެމެންކުރެ ކޮންމެ މީހެއްގެ ވެސް އުނިކަމެއް ހުންނާނެއެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުން ޝައުގުވެރިވެފައި އުފާވެރިވަނީ މި ހުރިހާ ކަމެއް އެއްވެގެން އަންނާތީއެވެ. ތިބާ ކޮންމެ މީހަކު ވެސް ބަލައިގަންނަންވާނީ އެ މީހާގެ ގޮތުގައެވެ. އޭނާގެ ހުރިހާ ސިފައެއް އެއްކޮށްލައިގެން ރަނގަޅުކަމެއް ފެނޭތޯ ބަލާށެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް