Support Us

އެ ހިޔަލަ

ހިއްޞުތައް ތެޅިގަތީ ބާރު ވައިރޯޅިއަކާ ގަހެއްގެ ގޮފިތައް ހެލިގަތް ހެނެވެ.

ކައިރިން ހިނގާލާފައި އެދިޔަ ހިޔަލައެެއްގެ ޖާދުވީ ގުރެވިޓީގެ ބާރު ގަދަވީއެވެ.

އުޅެއުޅެވެސް އޭނާގެ އެ ފަރި މޫނުން ކަޅި ނައްޓައެއްވެސް ނުލެވުނެވެ.

ހޭވެރިކަން ވީވެސް ލޮލުކޮޅަށް އޭނާ އޮބައިލާފައި ދިޔުމުންނެވެ.

އޭނާގެ ރީތިކަން ހަމައެކަނި މޫނުގެ ރީތިކަމުން ބަޔާން ކުރަން އުޅުނަސްވާނީ ނުކުޅެދުނު ކަމުގެ ބޭޒާރެވެ.

ކިތަންމެ ކުޅަދާނަ ޝާޢިރަކަށްވެސް އަދި އަދީބަކަށްވެސް އެއީ، ވެވޭނޭ ކަމެއް ނޫނެވެ.

ދުލަކުން ގަލަމަކުންވެސް އެއީ، ބަޔާންކުރެވޭނޭ ކަމެެއް ނޫނެވެ.

އެއަށްވުރެ އޭނާގެ ހިޔަލަ ވަންތަކަން ފުރިހަމަވެފައި ހަމަ ރީތީއެވެ.

އާދައިގެ އިސްކޮޅެކެވެ.

ރޫހަ މެދުމިނެވެ.

ކުލަ ދޮން ދުނބުރިއެއް ފަދައެވެ.

ހީވަނީ ހަމަ ދެންމެޔަކު ދޮންވެ ފައްކާވެފައި އިންހެނެވެ.

ކުޑަވެސް ކޫރުމެއް ލަކެެއް ނެތެވެ.

ހީވާ ހީވުމަށް ތިރީހަކަށް އަހަރު ވެދާނެއެވެ. ގައިމުވެސް ތެއްތިރީސް އަހަރަށް ވުރެ ދޮއްޓެއް ނުވާނެއެވެ.

ރޫފަ ވަރަށް ހެޔޮވަރެވެ. ފަލައެއްވެސް ނޫނެވެ.

އެކަމަކު ހިއްކެއްވެސް ނޫނެވެ.

އެހެންކަމުން އޭނާ ހިނގާލާފައި ދާއިރު އެކިއެކި ގުނަވަންތަކަށް އަރާ ކުދިލޮޅުންތައް ދެކޭ މީހެއްގެ ހިތް އޭނާގެ މޯހިރަށް ދަމައިނުގަންނަ ވަރެއް ނޫނެވެ.

އެހައިވެސް އަސަރުވެރީއެވެ.

ހަށިގަނޑުގެ ބައްޓަމާއި ސޫރައިގެ ރީތިކަން އިންސާނެއްގެ ކިބައިގައި އެކުލެވޭނީ ހަމަ އެ އެމިންވަރަށެވެ.

ފެންނަ ފެނުމަށް ހަށިގަނޑުގެ މަޑުކަމާމެދު ކުރެެވުނު ހީ ތެދުނަމަ، ކަމީރުކޮށްފައި އޮތް ފުށްގަނޑެއްވެސް އޭނާގެ ޖިސްމަށް ވުރެ ހަރުވާނެއެވެ.

ނޭފަތުގެ މެދަށް ވުރެން ކުރިޔަށް އުފުލިލާފައި ހުރިހުރުން އޭނާގެ ރީތިކަމަށް އިތުރު ޖަރީކަމެއް ޖެނެސް ދެއެވެ.

ކޯތާފަތުގެ ތަނަވަސްކަމާއި އޮމާންކަމުން، މޮޅަށް ދަންނަ މީހަކު މޭކަޕުކޮށްދީފައި ހުރުމެކޭ އެއްފަދައެވެ.

ތިރީ ތުންފަތަށް ވުރެ މަތީ ތުންފަތް ތުނިވެލާފައި ހުރުމުގެ އިތުރުން ތުންފަތުގައި މަޑު ރަތްކުލައެއް ހުރެފައި ބައްޓަމުގެ ފުރިހަމަކަމަށް އަންތަރީސްވިއެވެ.

ބުމަ ހިމަވެ ދިގުވެފައި ލޮލުގެ ހުދުކަޅީގައި ކުޑަ ރަތްކަމެއް ހުރެފައި ހުދުކަޅި ތަނަވަސްވެ ކަޅުކަޅީގެ ކަޅުކުލަ ގަދަވުމުން އޭނާގެ ލޮލުގެ ރީތިކަމަށް ހިތް އުދުހިގެން ނުދާނޭ ފިރިހެނަކު ހަމަ ގައިމުވެސް ނުހުންނާނެއެވެ.

ރިތީ މާމެލާ މެއްޔަށް ވުރެވެސް ރީތި ހިޔަލައިން ތިބޭކަން ގަބޫލު ނުކޮށްވެސް ފަރަކު ނުޖެހުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *