Support Us

ޖިއެންގް ބާގާ މީހުން: އިސްކޮޅުން ދިގުކަމަށް މަޝްހޫރު ބައެއް

ދެކުނު ސޫދާންގެ ނީލަ ކޯރު ވާދީ ސަރަހައްދުތަކުގައި ދިރިއުޅޭ ޖިއެންގް ނުވަތަ ޑިންކާ ބާގައިގެ މީހުންނަކީ ދުނިޔޭގައި އިސްކޮޅުން ދިގުކަމަށް މަޝްހޫރު ބައެކެވެ.

ފިރިހެނުންނާއި އަންހެނުންގެ ވެސް އިސްކޮޅުގައި ނިސްބަތުން ފަސް ފޫޓު 11 އިންޗި ހުރެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ ގާތްގަނޑަކަށް ހަ ފޫޓެވެ.

ފަސް ފޫޓު ދިހަ އިންޗިއަށް ވުރެ ކުރު ވެއްޖެ ނަމަ ޖިއެންގް މީހުން ދެކެނީ އެއީ އެ މީހުންގެ މުޖުތަމައުގައި އިސްކޮޅުން ކުރު ބައެއް ކަމުގައެވެ.

ދެކުނު ސޫދާންގެ މަގެއްގައި ހިނގައިލުމުން އިސްކޮޅުގައި ގާތްގަނޑަކަށް ދެ މީޓަރު ހުންނަ މި މީހުން ފެނުމުން ހައިރާންކަން ލިބޭނެއެވެ. ހަގީގަތުގައި ސައިންސްވެރިންނާއި އެންތުރޮޕޮލޮޖީ އިލްމްވެރިން މިހާރު ވެސް ޖިއެންގް ބާގައިގެ މީހުންނާމެދު އަންތަރީޒުވެއެވެ.

ޖިއެންގް ދަރިކޮޅުން ދުނިޔޭގައި އެންމެ މަޝްހޫރު ޝަހުސިއްޔަތަކީ އެމެރިކާގެ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ކުރިން ކުޅުނު މެނިއުޓް ބޯލްއެވެ. އިސްކޮޅުގައި ހަތް ފޫޓު ހަތް އިންޗި ނުވަތަ 2.31 މީޓަރު ހުރުމުން އޭނާ ވެފައިވަނީ ދެކުނު ސޫދާންގެ ސަގާފަތާއި ގޮންޖެހުންތަކަށް ސަމާލުކަން ގެނުވާ ރަމްޒީ މީހަކަށެވެ.

ޖިއެންގް ބާގައިގެ ސަގާފީ ތަރިކައިގެ ތެރޭގައި ގެރި، ބަކަރި އަދި ކަންބަޅި ހުއިހެއްޕުމަކީ މަޝްހޫރު ކަމެކެވެ. ސަގާފީ، އިގުތިސާދީ އަދި ރޫހީ ގޮތުން ވެސް މި މަސައްކަތަކީ އެ މީހުންގެ މެދުގައި މުހިންމު މަސައްކަތެކެވެ. މިއީ ހަމައެކަނި ދިރިއުޅުން ދަމަހައްޓާ އާމްދަނީ ލިބޭ މަސައްކަތެއް ނޫނެވެ. ނަމަވެސް މުއްސަނދިކަމާއި އިޖުތިމާއީ ފެންވަރު ވެސް ދައްކުވައިދޭ ކަމެކެވެ. މި ތިން ބާވަތުގެ ހައިވާނުން ހުއިހެއްޕުމުގެ މަސައްކަތާ ގުޅޭ ގޮތުން ޅެމާއި ލަވަ ހަދައެވެ. ކައިވެންޏާއި ރަންކިއުން ފަދަ މުނާސަބާތަކުގައި މި މަސައްކަތް މުހިންމު ދައުރެއް އަދާކުރެއެވެ.

ޖިއެންގް ބާގައިން ދެކޭ ގޮތުގައި މަހުލޫގުންނާ އިންސާނުންގެ ދެމެދުގައި ރޫހީ ގުޅުމެއްވެއެވެ. މިހެންވެ، ހާއްސަ ހަފުލާތަކުގައި އެ ތަކެތި ހެދުން ލައްވާ ޒީނަތްތެރިކުރެއެވެ. އެ ތަކެތީގެ ކިރާއި ލޭ ވެސް އެ މީހުން ބޮއެވެ.

ޖިއެންގް މީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ދެކުނު ސޫދާނުގައި ހިނގަމުންދާ އެތައް އަހަރެއްވީ ހަމަނުޖެހުންތައް ހިމެނެއެވެ. ހަނގުރާމަ އާއި ގެދޮރު ނެތިގެންދިއުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ މީހުންނަށް ވަނީ ދިރިއުޅުމުގައި ކުރިން ކުރިމަތިނުވާ އެތައް އާ ކަމަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް އެ މީހުންގެ ކެތްތެރިކަމާއި ހިތްވަރާއި ސަގާފަތުގައި ހިފެހެއްޓުމުގެ ސަބަބުން މި ހުރިހާ މައްސަލަތަކެއްގެ ތެރޭގައި ވެސް އެ މީހުންގެ ތަރިކަ ދެމެހެއްޓެއެވެ.

ދެކުނު ސޫދާންގެ ޖިއެންގް ބާގައިގެ މެނިއުޓް ބޯލް އެމެރިކާގައި ބާސްކެޓްބޯޅަ ކުޅެނީ

ސައިންސްވެރިން އަދިވެސް އަންނަނީ ޖިއެންގް ބާގައިގެ މީހުންގެ އިސްކޮޅު ދިގުވުމާއި ބަޔޮލޮޖީއާވާ ގުޅުންތައް ދިރާސާކުރަމުންނެވެ. އެންތުރޮޕޮލޮޖިސްޓުން އަންނަނީ ޖިއެންގް ބާގައިގެ ސަގާފަތްތައް އެތައް ގަރުނަކަށް ދެމިގެން އައިސްފައިވަނީ ކިހިނެތްތޯ ދިރާސާކުރަމުންނެވެ.

ބޯލް ފަދަ ދުނިޔެއަށް މަޝްހޫރު މީހުންގެ ސަބަބުން އިންސާނުންނަކީ އެކި ގޮތްގޮތުން ތަފާތު ބައެއްކަން ވަނީ ކަށަވަރުވެފައެވެ. ނަސްލީ ގޮތުން އިންސާނުންގެ ދަރިފަސްކޮޅަކީ މުއްސަނދި ބައެއްކަން ދޭހަވެފައެވެ.

ޖިއެންގް ބާގައަށް ކުރިމަތިވެފައިވާ ވޭނީ ގޮންޖެހުންތަކުގެ ކުރިމަތީގައި ވެސް އެ މީހުންގެ ހިތްވަރުގަދަކަމުން އެނގެނީ އެ މީހުންނަކީ ދުނިޔޭގެ އެންމެ ހައިރާންކުރަނިވި އެއް ނަސްލުކަމެވެ. އަދުގެ ގޮންޖެހުންތަކާ ކުރިމަތިލާއިރު އެ މީހުންގެ އިސްކޮޅާއި ތަރިކައިން އެ މީހުންގެ ހާއްސަ އައިޑެންޓިޓީ ނުވަތަ އެ މީހުންގެ ސިފަތަކާއި އެ މީހުންނަކީ ކޮބައިކަން ދެނެގަނެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *