ސްވިޑްންގެ ޖެންޑާ މިނިސްޓަރު ޕައުލިނާ ބްރޭންޑްބާގް ދޮންކެޔޮ ދެކެ ބިރުގަންނަކަން ފަޅާއަރައިފިއެވެ.
ދޮންކޭލާ ގުޅޭ "ފޯބިއާ"އެއް ހުންނާތީ ޕައުލިނާ ޒިޔާރަތްކުރާ ތަންތަނުގައި ދޮންކެޔޮ ނުބަހައްޓަން ޕައުލިނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން އެ ވާހަކަ އަންގާ އީމޭލްތަކެއް ލީކުވެއްޖެކަމަށް އެކްސްޕްރެސަނުން ރިޕޯޓްކުރިއެވެ.
ފޯބިއާއަކީ ނަފުސާނީ ހާލަތެކެވެ؛ މި ކަމުގައި ވާ ގޮތަކީ ހާލަތެއް، މަހުލޫގެއް، ތަނެއް ނުވަތަ އެއްޗެއް ދެކެ މީހާ މާ ބޮޑަށް ބިރުގަންނަ ގޮތް ވަނީއެވެ.
"ނޯވޭގެ ޝަރުއީ އިދާރާއަށް މެންދުރުގެ ކެއުމަކަށް ޒިޔާރަތްކުރުމުގެ ކުރިން ޕައުލިނާގެ މުވައްޒަފުން އީމޭލްކުރި އެއްވެސް ކޮޓަރިއެއްގައި ނުވަތަ ޕައުލިނާއަށް ފެންނަ ހިސާބުގައި ވެސް ދޮންކެޔޮ ނުބެހެއްޓުމަށް،" އެކްސްޕްރެސަނުން ބުންޏެވެ.
"ކައުންޓީ އެޑްމިނިސްޓްރެޓިވް ބޯޑަށް ފޮނުވި އީމޭލެއްގައި ވެސް އަންގައިފައި އޮތް އެ ތަނުގައި ދޮންކެޔޮ ނުބެހެއްޓުމަށް،" އެކްސްޕްރެސަނުން ރިޕޯޓްކުރިއެވެ.
ޕައުލިނާ މިހާރު ވަނީ މި ކަމާ ގުޅޭ ގޮތުން އެކްސްޕްރެސަނަށް އިންޓަވިޔުއެއް ދީފައެވެ؛ އިންޓަވިޔުގައި ބުނީ މި ނަފުސާނީ ހާލަތަށް ސިއްހީ ހައްލެއް މިހާރު ހޯދަމުން އަންނަކަމަށެވެ.
އެކްސްގައި 2020 ވަނަ އަހަރު ޕައުލިނާ މި ވާހަކަ ލިޔެފައި ފުހެލިކަމަށް ރިޕޯޓްތައް ބުންޏެވެ.
"ދޮންކެޔޮ ދެކެ އަހަރެން އާދަޔާ ހިލާފަށް ބިރުގަނޭ،" އެ ޕޯސްޓްގައި އޭނާ ލިޔުނުކަމަށްވެއެވެ.
ސިއްހީ މާހިރުން ބުނީ މިއަށް ކިޔަނީ "ބަނާނާ ފޯބިއާ" ކަމަށެވެ. މި ބިރުވެރިކަން ހުންނަ މީހުންނަށް ދޮންކޭލެއް ފެނި ނުވަތަ އޭގެ ވަސް ޖެހުނަސް ހާސްވުމާއި ހޮޑުލަވާގޮތްވުން ކުރިމަތިވާ ކަމަށްވެއެވެ.



advertisment