ބޭވަފާތެރިވެވިއްޖެ ނަމަ، އެންމެ ވަރުގަދަ ގުޅުމެއް ވެސް ވަރަށް ބޮޑަށް ސުންނާފަތިވެދާނެއެވެ. ބޭވަފާތެރިވެވިއްޖެ ނަމަ، ފުރަތަމަ އައިސްފާނެ ހިޔާލަކީ ދެމަފިރިންގެ ގުޅުން ކަނޑައިލުމެވެ. ނަމަވެސް ބޭވަފާތެރިވެފައި ވެސް، ގުޅުން އަލުން ރަނގަޅުކުރެވިދާނެ ގޮތްތައް އެބަހުއްޓެވެ. އެ ގޮތުން ގުޅުން އަލުން ރަނގަޅުކުރަން އެޅިދާނެ 10 ހައްލަކަށް ބަލައިލާނަމެވެ.
- އެއްވެސް އިތުރު އުޒުރެއް ނުދައްކާ ތިބާގެ ކުށަށް އިއުތިރާފުވާށެވެ. އަދި ތިބާގެ އަމަލުތަކަށް ޒިންމާ ނަގާށެވެ.
- ބައިވެރިޔާގެ ޖަޒުބާތުތަކާމެދު އޭނާ ވިސްނަން ވަގުތު ދޭށެވެ. އޭނާ ވިސްނަން ބޭނުންވާ ކަންތައްތަކާމެދު ވިސްނަން ޖާގަ ދޭށެވެ.
- މައްސަލައިން ރެކެން ނޫޅޭށެވެ. ބައިވެރިޔާއާ ހުޅުވިފައިވާ، އަދި އިހުލާސްތެރިކޮށް، މުއާމަލާތްކުރާށެވެ. މައްސަލައާ ކުރިމަތިލާށެވެ.
- ބޭވަފާތެރިވެވުނު ސަބަބާމެދު ވިސްނާށެވެ. އެއީ ކިހިނެތްވެގެންވީ ކަމެއްތޯ ބަލާށެވެ. ތިބާ އެ މަގުން ދިޔައީ ކީއްވެތޯ ދެނެގަންނާށެވެ. ކުރިމަގުގައި ބައިވެރިޔާއަށް ކެއްސެއް ނުދިނުމަށެވެ.
- ބައިވެރިޔާއަށް ބޭވަފާތެރިވި ހާދިސާގައި ތިބާ ގުޅުން ބޭއްވި މީހާއާ އެއްކޮށް ގުޅުން ކަނޑާލާށެވެ.
- ބައިވެރިޔާއާ ދެމެދު އަލުން ގުޅުން ގާއިމުވާން ވަގުތު ނަގާނެއެވެ. އަލުން އިތުބާރު އުފެދޭނީ މަޑުމަޑުންނެވެ. މިހެންވެ ކެތްތެރިކަން އިސްކުރާށެވެ.
- ތެދުވެރިވާށެވެ. ތިބާގެ ބައިވެރިޔާއާ ކުރާ މުއާމަލާތްތައް ވާންޖެހޭނީ ދެ ފުށް ފެންނަ މުއާމަލާތަށެވެ. އެންމެ ބޮޑަށް އިސްކުރަން ވާނީ ތެދުވެރިކަމެވެ.
- މާޒީ ދޫކޮށްލާށެވެ. މި ވަގުތާއި ކުރިމަގާމެދު ވިސްނާށެވެ.
- ގުޅުން އަލުން ގާއިމުކުރުމަށް އިސްކަން ދޭށެވެ. ގުޅުން ހަރުދަނާކުރެވޭތޯ ބަލާށެވެ. ގުޅުން ތާޒާ ކުރާށެވެ.
- ދެމަފިރިންނަށް އެކުގައި ޒަވާޖީ ހަޔާތާ ބެހޭ ތެރަޕީ ދޭ ކައުންސިލަރެއްގެ އިރުޝާދު ހޯދަން ފަށާށެވެ. ދެމަފިރިންގެ ގުޅުން އަލުން ރަނގަޅުވުމަށް މިއީ އަވަސް ފަރުވާއެކެވެ.
ހަނދާނުގައި ބަހައްޓަންވީކަމަކީ ބޭވަފާތެރިވުމަށް ފަހު ދެމަފިރިންގެ ގުޅުން އަލުން ރަނގަޅުކުރުމަކީ ގޮންޖެހުން ބޮޑު ދަތުރެއްކަމެވެ. ނަމަވެސް ގުޅުން އަލުން ގާއިމުކުރަން ނިންމައި، އެ ކަން ކުރަން ފަށައިފި ނަމަ، ލޯތްބާއި އިތުބާރު އަލުން ހޯދުމަކީ ކުރެވޭނެ ކަމެކެވެ.
ނޯޓު: ތަރުޖަމާއެއް



advertisment