Support Us

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި އުފެދުނު ސިންކްހޯލަށް ގަނބައިގެން ދިޔަ އިންޑިއާގެ ޓޫރިސްޓް ހޯދުމަށް މަސައްކަތްކުރަނީ

ސިންކްހޯލަށް ވެއްޓުނު މީހާ ހޯދުން ހުއްޓައިލައިފި

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ސިންކްހޯލަކަށް ވެއްޓުނު އިންޑިއާގެ ޓޫރިސްޓް ހޯދުމުގެ މަސައްކަތް ހުއްޓައިލައިފިއެވެ.

މަސްޖިދް އިންޑިއާ އަވަށުގެ ދުވާރުމަތިން އުމުރުން 48 އަހަރުގެ ވިޖެޔާ ލަކްޝްމީ ގާލީ ދަނިކޮށް ބިންގަނޑު ގަބައިގަތުމުން ވަނީ 26 ފޫޓު ފުން ސިންކްހޯލަށް އޭނާ ދަމައިގެންފައެވެ.

ސިންކްހޯލަކީ ލައިމްސްޓޯން މާއްދާ ހުންނަ ހިސާބުތަކުގައި ފަސްގަނޑު ގިރައިގެން ދިއުމުން، ފެން ދައުރުކުރާ ނިޒާމު ބިންގަނޑު އަޑީގައި ހުންނަ ހޮހަޅަތަކަށް ދިއުމުން އުފެދޭ ހުސް ވަޅުގަނޑެކެވެ.

"ވިޖެޔާ ސަލާމަތްކުރުމަށް ނުވަ ދުވަހުގެ މަސައްކަތްކޮށްފައި އެކަން މިއަދު ހުއްޓައިލައިފިން. އެއީ ކެބިނެޓާއި ފަންނީ މާހިރުންނާއި ފުލުހުންނާއި ވިޖެޔާ ސަލާމަތްކުރުމަށް މަސައްކަތްކުރި ޓީމުގެ މީހުންނާއި ކުއަލަ ލަމްޕޫރު ސިޓީ ހޯލް މެންބަރުންނާއި އަދި ޖިއޮލޮޖިސްޓުންގެ ލަފާއާއެކު،" މެލޭޝިއާގެ ބޮޑު ވަޒީރު އޮފީހުގެ މިނިސްޓަރު ޒަލީހާ މުސްތަފާ ސިންކްހޯލް ކައިރީގައި ހުންނަވައިގެން ވިދާޅުވިއެވެ.

ސިންކްހޯލަށް ގަބައިގެން ދިޔަ ވިޖެޔާގެ އާއިލާއިން އޭނާގެ ހަބަރު ހޯދުމަށް އެ ހިސާބުގައި މަޑުކޮށްލައިގެން

އޭނާ ވިދާޅުވީ މި ދިޔަ މަހު 23 ގައި ވިޖެޔާ ސިންކްހޯލަށް ވެއްޓުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރި މީހުންގެ ސަލާމަތާއި ސިއްހަތަށް ވެސް ބަލައިފައިވާ ކަމަށެވެ.

"ވިޖެޔާގެ އާއިލާއަށް އަންގައިފިން. އެ މީހުންނާއި އަދި އިންޑިއާގެ އެމްބަސީއާ ވެސް އަބަދު ގުޅިފައި މި ތިބީ،" ޒަލީހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވިޖެޔާގެ މައްސަލަ ކުރިއަށްގެންދާނެ ގޮތެއް ދެން ކަނޑައަޅާނީ ފުލުހުން ކަމަށެވެ.

މަސްޖިދް އިންޑިއާ ސަރަހައްދު ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެ ކަމަށް ޒަލީހާ ވިދާޅުވިއެވެ.

ވިޖެޔާ ސަލާމަތްކުރަން މަސައްކަތްކުރި ޓީމުން ސިންކްހޯލަށް ފައިބަނީ

ވިޖެޔާގެ އާއިލާ މެލޭޝިއާގައި ތިބުމަށް ވިސާގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްދީފައެވެ. އެ މީހުން އެނބުރި އިންޑިއާއަށް ދިއުމަށް ކުރިން ހަމަޖައްސައިފައި އޮތީ މި ދިޔަ ހަފުތާގައެވެ.

މެލޭޝިއާ ސަރުކާރުން ވަނީ އެ މީހުންނަށް ކައުންސެލިން ދީފައެވެ. އޮފިޝަލަކު ވިދާޅުވީ އާއިލާގެ މެންބަރަކު ބުނިކަމަށްވަނީ "އިތުރު އެހެން އެއްވެސް ކަމެއް ބޭނުންނުވާ" ކަމަށާއި "ބޭނުންވަނީ ހަމައެކަނި ވިޖެޔާގެ މޫނު ދެކިލަން" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް