Support Us

ސެލްފީ ނަގަން އުޅެނިކޮށް ވާދީއަށް ވެއްޓުނު އިންޑިއާ އަންހެންމީހާ ސަލާމަތްކުރަނީ

ސެލްފީ ނަގަނިކޮށް ވާދީއަށް ވެއްޓުނު އަންހެނަކު ސަލާމަތްކޮށްފި

ސެލްފީއެއް ނަގަން އުޅެނިކޮށް 100 ފޫޓު ފުން ވާދީއަކަށް ވެއްޓުނު އިންޑިއާގެ އަންހެނަކު ސަލާމަތްކޮށްފިއެވެ.

ރަހްމަތްތެރިންތަކަކާއެކު، އުމުރުން 29 އަހަރުގެ މި މީހާ ޒިޔާރަތްކުރީ މަހަރަޝްޓްރާ ސްޓޭޓްގެ ބޮރާނޭ ގަޓްއަށެވެ. ސެލްފީ ނަގަން އުޅެނިކޮށް ވެއްޓުނީ ތޯސްގަރް ވޯޓަފޯލް ކައިރިއަށެވެ.

މިއީ އެ ސްޓޭޓްގައި އެންމެ މަގުބޫލު އެއް ޓޫރިސްޓް މަންޒިލް ކަމަށް ވިޔަސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ތަނަށް ދިއުން ރަސްމީ އިދާރާތަކުން ވަނީ މަނާކޮށްފައެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން ވޯޓަފޯލް ކައިރި ބަންދުކޮށްފައި ވާތީ މި ރަހްމަތްތެރިންގެ ގްރޫޕް ފަރުބަދައިގެ އެހެން މަގަކުން ވޯޓަފޯލް ކައިރިއަށް ދިޔައީއެވެ.

"ފޮޓޯ ނަގަނިކޮށް ކައްސައިލައިގެން ވެއްޓުނީ،" ދަ ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓްކުރިއެވެ.

އަންހެންމީހާ ވާދީގެ ތެރެއަށް ވެއްޓުމާއެކު އޭނާގެ ރަހްމަތްތެރިން ވަގުތުން ފުލުހުންނަށް ގުޅިއެވެ. ކާމިޔާބުކަމާއެކު ފުލުހުން އޭނާ ސަލާމަތްކޮށްގެން ހޮސްޕިޓަލަކަށް ގެންދިޔައެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ސަލާމަތްކުރި މަންޒަރުގެ ވީޑިއޯއަކުން ފެންނަނީ ވަލެއްގެ އެހީގައި ފުލުހަކު އެ މީހާ ގޮވައިގެން އަލުން ފަރުބަދަމައްޗަށް އަރާ ތަނެވެ.

މި ހާދިސާ މި ހިނގީ މަހަރަޝްޓްރާގެ ކުމްބެ ވޯޓަފޯލް ކައިރީގައިވާ 350 ފޫޓު ފުން ވާދީއަކަށް ވެއްޓި އުމުރުން 27 އަހަރުގެ އިންޑިއާ އަންހެނަކު މަރުވިތާ ދެ ހަފުތާއެއްހާ ދުވަސްތެރޭގައެވެ. އެ ގޮތުން އާންވީ ކަމްދަރު ނަމަކަށް ކިޔާ އެ މީހާ ކައްސައިލައިގެން ވާދީއަށް ވެއްޓުނީ އޭނާގެ އިންސްޓަގްރާމް ސަފުހާއަށް ލާންވެގެން ވީޑިއޯއެއް ނަގަނިކޮށެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން ހަ ގަޑިއިރުގެ ދިގު ރެސްކިއު އޮޕަރޭޝަނެއް ހިންގައިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.

ސެލްފީ ނަގަނިކޮށް މަރުވާ މީހުންގެ އަދަދު އެންމެ ގިނައީ އިންޑިއާގައެވެ. ލިސްޓުގެ ދެވަނައަށް އެމެރިކާ އަންނައިރު ތިން ވަނައިގައި ވަނީ ރަޝިއާއެވެ.

ޖޯނަލް އޮފް ޓްރެވަލް މެޑިސިންގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވަނީ 2008 އާއި 2021 އާދެމެދު، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 379 މީހުން މަރުވެފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް