ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ކަށުނަމާދު މާދަމާގެ މަޣްރިބު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބާއްވައި، ހަށިކޮޅު ގަލޮޅު ސަހަރާގައި ވަޅުލާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ޓްރިވެންޑްރަމް ހޮސްޕިޓަލެއްގައި އިއްޔެ އަވަހާރަވެފައިވާ މައްލާގެ ހަށިކޮޅު މާލެ ގެނައުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ޓްރިވެންޑްރަމުން އަންނަ މޯލްޑިވިއަން ފްލައިޓުންނެވެ. މޫނުފުޅު ދެއްކުން އޮންނާނީ މެންދުރު 2.30 އިން ފެށިގެން އިސްލާމީ މަރުކަޒުގައެވެ.
މައްލާގެ ހަށިކޮޅު މިހާރު އޮތީ ޓްރިވެންޑްރަމްގެ މޯޗަރީއަކަށް ލައިފައެވެ.
މައްލާ، 76، އިއްޔެ މެންދުރުފަހު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.
ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ މި ފަހަރު އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.
މައްލާ: ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، ފަނޑުވުމެއް ނެތް ނަމެއް



advertisment