Support Us

މިޔަރު ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް

ބްރެޒިލްގެ އައްސޭރިފަށުގައި އުޅޭ "ޝާޕްނޯސް" ބާވަތުގެ މިޔަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ފައްސިވެއްޖެ ކަމަށް ސައިންސްވެރިން ވިދާޅުވެއްޖެއެވެ.

މި ބާވަތުގެ 13 މިޔަރު ކުރި ތަހުލީލެއްގެ ނަތީޖާއިން ދެއްކީ ކަނޑުގައި އުޅޭ އެހެން މަހުލޫގުންނަށްވުރެ 100 ގުނަ އިތުރަށް މި މިޔަރުތަކުގައި ކޮކޭން ހުރި ކަމެވެ.

މިހެން ދިމާވީ ޑްރަގް ވިޔަފާރި ކުރާ މީހުން އެ ތަކެތި މޫދަށް އެޅުމުން ކަމަށް ބެލެވޭ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. އެގޮތުން އެމެރިކާ އާއި މެދުތެރޭ އެމެރިކާގެ އިތުރުން ދެކުނު އެމެރިކާގެ އައްސޭރިފަށަށް ސްމަގްލަރުން މަސްތުވާތަކެތި އަޅާ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.

ބްރެޒިލްގެ އޮސްވަލްޑޯ ކްރޫޒް ފައުންޑޭޝަނުން ބުނީ ކަނޑަށް އަޅާ މަސްތުވާތަކެތީގެ އަސަރު މިޔަރަށް ކުރާ ކަމުގެ ހެކި މިހާރު ލިބިފައިވާ ކަމަށެވެ.

މިއީ މިނިވަންކަމާއެކު އުޅޭ މިޔަރަށް ކޮކޭންގެ އަސަރު ފޯރާތޯކުރި ފުރަތަމަ ދިރާސާއެވެ.

ސައިންސްވެރިން ޝާޕްނޯސް މިޔަރު ތަހުލީލުކުރީ އެ ސޮރުމެން އުޅެނީ އައްސޭރިފަށާ މާ ދުރު ނޫން ހިސާބުތަކުގައި ކަމަށްވާތީއެވެ. އެހެންވެ ކަނޑު ތަޣައްޔަރުވާ ހިސާބުން އެ ސޮރުމެންނަށް ކުރަނީ ކޮން ކަހަލަ އަސަރެއްތޯ ބެލުމަށް ފަސޭހަވިއެވެ.

ތަހުލީލުތަކުން އެނގުނީ މިޔަރުގެ މޭގައި ހުރި ކޮކެއިނަށްވުރެ އެ ސޮރުމެންގެ މަސްގަނޑުގައި ހުރި ކޮކެއިން އިތުރުކަމެވެ.

"ނަމަވެސް މިއީ ވަރަށް ހަނި ދާއިރާއެއްގައި ކުރެވުނު ތަހުލީލެއް. މިހެންވެ ކޮކެއިން އާއި ބެންޒޮއިލެކްގޮނައިންގެ އަސަރު ކަނޑުގެ ދިރުންތަކުގައި ހުރި އަސްލު މިންވަރެއް އަދި ނޭނގޭ،" ދިރާސާގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް