Support Us

ކޮލަމް ކޯދު: މަނިކުބެއާއި ޖުހާގެ ކުރު ވާހަކައެއް

މަނިކުބޭ: މި ދުވަސްވަރަކީ ސިހުރުގެ ބާރުގަދަ ކަމުގެ ވާހަކަ ވަރަށް ގަދަ ދުވަސް ވަރެއް ނޫން ހެއްޔެވެ؟

ޖުހާ: ތިކަމެއް ނޭނގެއެވެ.

މަނިކުބޭ: ނާ ހަމަ ރަނގަޅަށް ހެއްޔެވެ؟ މީހުންގެ ފިރިންނާއި އަނބިން އަތުލައިގަންނަން ސިހުރު ހަދާ ވާހަކައާއި މީސްމީހުންގެ ދުވަސް ދުއްވާލަން ސިހުރު ހަދާ ވާހަކައާއި އިންތިޚާބުތައް ކާމިޔާބު ކުރުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ސިހުރު ކަމުގެ ވާހަކަ ޖުހާ ހަމަ ނާހަނީ ހެއްޔެވެ؟

ޖުހާ: އިވިފައި ވެސް އޮވެދާނެއެވެ. ދެން، މައްސަލައަކީ ކޮބައި ހެއްޔެވެ؟

މަނިކުބޭ: އެހެންވެއްޖިއްޔާ ސިހުރުގެ ބާރުގަދަ ވާހަކަ ޖުހާ ގަބޫލު ނުކުރަނީ ހެއްޔެވެ؟

ޖުހާ: ނޫން ނޫނެކެވެ. އަހަރެން އެކަން ގަބޫލު ކުރާ ކަމުގެ ހެއްކެއް ދައްކުވައިދެން ހެއްޔެވެ؟

މަނިކުބޭ: އަޅެ ބުނެބަލާށެވެ!

ޖުހާ: ސިހުރު ބޭނުންކޮށްގެން އޮލިމްޕިކްސްގައި ބައިވެރިވާ އަހަރުމެންގެ އެތުލީޓުން މޮޅުކުރަން އުޅުން ރަނގަޅުވާނެއެވެ. އަދި، މީގެ އިތުރުން، ސިހުރު ހަދައި އަހަރުމެންގެ ގައުމީ ދަރަނި ދުއްވާލުން ކިހިނެއް ހެއްޔެވެ؟

މަނިކުބޭ: ތިޔައީ އެހެން އޮންނަ ކަމެއް ނޫނެވެ. ސިހުރުގެ ބާރު އޮންނަނީ އަހަރުމެންގެ ތޮށީގެ އެތެރޭގައެވެ. ތޮށިން ބޭރުވީމާއި އޭގެ ބާރު ވެސް ކުޑަވެދާނެއެވެ!