Support Us

މުކޭޝް އަމްބާނީ އާއި އޭނާގެ އާ ޅީދަރިފުޅު ރަދިކާ މާޗަންޓް

އާ ޅީދަރިފުޅަކީ މުކޭޝް އަމްބާނީއަށް ލިބުނު "ނަސީބުގެ ރަންގަނޑެއް"

އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު އަނަންތުގެ ކައިވެންޏަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކުރިއެވެ. އަނަންތު އާއި ރަދިކާ މާޗަންޓް މި މަހު 12 ވަނަ ދުވަހު ކުރި ކައިވެނި ފާހަގަ ކުރުމުގެ އިތުރުން 50 އަށްވުރެ ގިނަ އިންޑިއާގެ ޖޯޑުތައް ކައިވެނިކުރަން ވެސް ބޮޑެތި ހަރަދުތަކެއް ކުރިއެވެ.

ރަދިކާ އާއި އަނަންތުގެ ކައިވެނިކުރި ދުވަހު މުކޭޝްގެ ކުންފުނި ރިލަޔަންސް އިންޑަސްޓްރީޒްގެ ހިއްސާގެ އަގަށްވަނީ އެއް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައެވެ. ވޭތުވެދިޔަ އެއް މަސް ތެރޭގައި އެ ކުންފުނީގެ ހިއްސާގެ އަގުވަނީ 6.65 ޕަސެންޓުން އިތުރުވެފައެވެ. އަދި ވޭތުވެދިޔަ ހަ މަސް ތެރޭގައި ހިއްސާތަކަށް 14.90 ޕަސެންޓް ފައިދާވަނީ ލިބިފައެވެ. ނަމަވެސް ކައިވެނިކުރި ދުވަހާ ޖެހިގެން އައި އަންގާރަ ދުވަހު ރިލަޔަންސްގެ ހިއްސާވަނީ 1.11 ޕަސެންޓް ދަށްވެފައެވެ.

ރަދިކާ އާއި އަނަންތުގެ ކައިވެންޏަށް މުޅި ދުނިޔޭގެ ސަމާލުކަންވަނީ ލިބިފައެވެ. އަދި މި ކަމުގެ ސަބަބުން މުކޭޝްއަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިފައެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ސެލެބްރިޓީންނަކަށް ދައުވަތު ދީގެން ރަދިކާ އާއި އަނަންތުގެ ކައިވެނީގެ ހަފުލާތައް ބޭއްވި ނަމަވެސް މުކޭޝްގެ މާލީ ހާލަތު ދަށަކަށް ނުދެއެވެ. އެއާ ހިލާފަށް އޭނާގެ މާލީ ހާލަތު އެރީ މައްޗަށެވެ. އެ ގޮތުން ރަދިކާ އާއި އަނަންތުގެ ކައިވެނިކުރި ދުވަހުގެ ފަހުން އައި 10 ދުވަހުގެ ތެރޭގައި މުކޭޝްއަށް ތިން ބިލިއަން ޑޮލަރު ލިބުނެވެ. މި މަހު ފަހެއްގައި މުކޭޝްގެ މިލްކިއްޔާތުގައި ހުރީ 118 ބިލިއަން ޑޮލަރެވެ. ކައިވެނި ކުރި ދުވަހު މި އަދަދުވަނީ 121 ބިލިއަން ޑޮލަރަށް އަރައިފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 12 ވަނައިގައި ހުރުމަށް ފަހު އޭނާވަނީ މި ލިސްޓުގެ 11 ވަނައަށް އަރައިފައެވެ. އަދި އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި އޮތްއޮތުމަށް ބަދަލެއް ނާދެއެވެ.

މުކޭޝްގެ ހުށިޔާރުކަމާއި އޭނާގެ ވިސްނުންތެރި އިންވެސްޓްކުރުންތަކާއި ރިލަޔަންސް ކުންފުނީގެ ވަރުގަދަކަމުން އޭނާ ބޮޑެތި ހަރަދުތައް ކުރި ނަމަވެސް އޭނާގެ މާލީ ހާލަތު އަންނަނީ ކުރިއަރަމުންނެވެ. އަދި މިއަދު އޭނާއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ބިލިއަނަޔަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް