ތިރީގައި މިވަނީ މާމަ ބުނި ވާހަކަކޮޅެކެވެ.
1. ދައުވަތު ނުލިބޭ ތަންތަނަށް ނުދާށެވެ.
2. ނޭނގޭ ކަންކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާށެވެ.
3. އެހެން މީސްމީހުންގެ އައިސްއަލަމާރި ހުޅުވަން ނުހަދާށެވެ.
4. ކާ ގަޑިގަޑީގައި ގޭގެއަށް ޒިޔާރަތް ކުރަން ނުހަދާށެވެ.
5. މީހުންނަށް ޒިޔާރަތް ކުރާ އިރު، ބުނެފައި އެކަން ކުރާށެވެ.
6. ތެދުވެރިކަމާ އެކު ވާހަކަ ދައްކާށެވެ.
7. ވާހަކަ ދެއްކުމުގައި ރީތި އަދަބުތައް ބޭނުން ކުރާށެވެ.
8. މީހުންގެ ބޭރުފުށުގެ ސޫރައަށް ނުބަލައި އެ މީހުންގެ ރޫހަށް ލޯބިކުރާށެވެ.
9. އެހެން މީހުންނަށާއި އަދި ދިރުން ލިބިގެންވާ ހުރިހާ އެއްޗަކަށް ވެސް ކަމޭ ހިތައި އަޅާލާށެވެ.
10. ލިބިފައިވާ ކުޑަ މިންވަރަކުން ވެސް، ވެވުނު ވަރަކުން، އެއްވެސް ބަދަލެއް ލިބުން ނޭދި، އެހެން މީހުންނަށް އެހީތެރިވާށެވެ.
11. ބުނާ އެއްޗަކާ މެދު ސަމާލުވެ، އެއާ އެއްގޮތަށް އަމަލުކުރެވޭތޯ ބަލާށެވެ.
12. ނަމާދުކޮށް އަބަދުވެސް ދުއާ ކުރާށެވެ. އެކަމުގައި ހިތުގެ ދިރުމާއި ހަމަޖެހުން އެކުލެވިގެންވެއެވެ.
