Support Us

މިސްރުގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކު ނިޔާވެއްޖެ

މިސްރުގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އަހްމަދު ރިފާތު އުމުރުން 31 އަހަރުގައި މިއަދު ނިޔާވެއްޖެ ކަމަށް އޭނާގެ ކްލަބް މޮޑަން ސްޕޯޓް ކްލަބުން ބުނެފިއެވެ.

ރިފާތުގެ ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށީ މާރިޗު މަހުގެ 11 ވަނަ ދުވަހު އިއްތިހާދު ޓީމާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެންނެވެ. އެ ފަހަރު އޭނާއަށް ވަނީ ހާޓް އެޓެކެއް ޖެހިފައެވެ. ހިތް ހުއްޓިގެން ވަގުތުން ދަނޑުމަތީގައި ފަރުވާ ދިނުމުން ވެސް އޭނާ ވަނީ އެތައް ދުވަހެއް ވަންދެން ހޭނާރައެވެ.

ސްޓްރައިކަރެއްގެ ރޯލު ކުޅުނު ރިފާތަށް ފުރަތަމަ ފަރުވާ ދިނީ އިސްކަންދަރިއްޔާ ސިޓީގައެވެ. އެއަށް ފަހު 25 މާރިޗުގައި ވަނީ ވެރިރަށް ގާހިރާއަށް ބަދަލުކޮށްފައެވެ. ހޮސްޕިޓަލުން އޭނާ 11 އެޕްރިލްގައި ދޫކޮށްލި ނަމަވެސް އޭނާގެ ސިއްހީ ފަރުވާ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހިތް ހިންގުމަށް ވަނީ ޕޭސްމޭކަރެއް ހަށިގަނޑަށް ލައްވައިފައެވެ.

ރިފާތުގެ އެންމެ ފަހު އާއްމު ފެނިލުން ފެނުނީ 23 ޖޫންގައި އެމް.ބީ.ސީ މަސްރު 2 އިންނެވެ.

ރިފާތު ނިޔާވީ ކީއްވެ ކަމެއް ރަސްމީ ގޮތުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާ ނިޔާވީ މި އަހަރު ކުރީކޮޅު އޭނާއަށް ކުރިމަތިވެފައިވާ ހިތުގެ މައްސަލަތަކާ ގުޅިގެންނެވެ.

ރިފާތު ފިއުޗާ އެފް.ސީ ޓީމާ ގުޅުނީ އޮކްޓޫބަރު 2021 ގައެވެ. އެއީ ފިއުޗާގެ ވާދަވެރި މަސްރީ ކްލަބަށް ކުޅެފައެވެ. މިދިޔަ ސީޒަންގައި ރިފާތު ވަނީ 29 މެޗުގައި ނުވަ ލަނޑު ޖަހައިފައެވެ.

ޒަމާލިކް އަދި އެންޕީ ޓީމަށް ވެސް ކުޅުނު ރިފާތު މިސްރުގެ ސީނިއަރ ގައުމީ ޓީމުން އަލަށް ފެނުނީ 2021 ގައެވެ. އޭނާ ވަނީ ފަރައޯސް ޓީމަށް ވެސް ފަސް މެޗު ކުޅެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *