އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ޑެންވަރ ސަހަރުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި މީހަކު ސަލާމަތްވީ އޭނާގެ ކަރުގައި އޮތް ފަށަކަށް އުންޑަ އެރުމުންނެވެ. ފުލުހުން ބުނީ އެ މީހާގެ ކަރުގައި އޮތް ފަށުގައި އުންޑަ ތާށިވުމުން، ކަރުގެ ހަންގަނޑު މަށައިގެން ދިއުން ފިޔަވައި އިތުރު ޒަހަމެއް އެ މީހާއަށް ނުލިބޭ ކަމަށެވެ.
ފަށަކީ ރިހި ކުލައިގެ ފަށަކަށް ވިޔަސް އެއީ ސާފު ރިހީގެ ފަށެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. ސަބަބަކީ ރިއްސަކީ ވަޒަނެއްގެ ޕްރެޝަރު ނުނެގޭނެ އެއްޗަކަށްވާތީއެވެ. މިހެންވެ މި ފަށަކީ ރިއްސަށް ކޮންމެވެސް އެހެން މާއްދާއެއް މަސްހުނިކޮށްފައިވާ ފަށެއް ކަމަށް ފުލުހުން ލަފާކުރެއެވެ.
މި މީހާގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ހަމަލާ ދިން މީހާ ހައްޔަރުކޮށްފައި ވާއިރު އެ މީހާއަކީ ކާކުކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި ދެ މީހުންގެ ދޭތެރޭގައި ޒުވާބެއް ހޫނުވީ ކަމަށާއި ބަޑިޖެހި މީހާ ބަޑިޖެހީ މި ކަމާ ގުޅިގެން ކަމަށެވެ.
"ފަށުގެ ވާފަށުގެ ވަށަމިނުގައި ހުރީ 10 މިލިމީޓަރު. އޭނާ ސަލާމަތްވީ މި ފަށުގެ ސަބަބުން،" ޑެންވަރގެ ފުލުހުން ފޭސްބުކްގައި ލިޔެފައިވެއެވެ.
ހަމަލާދިން މީހާ ހައްޔަރުކޮށްފައިވަނީ "މީހަކު މަރަން އުޅުނު ކަމުގެ ކުށުގައި" ކަމަށް ފުލުހުން ބުންޏެވެ.



advertisment
One Response
މިހާދިސާ ދިމާވާން މެދުވެރިވި ސަބަބަކީ ކޮބާބާ؟؟