Support Us

ފެންގަނޑަކުން "ބޭނުނީ" އެއް ލައްކަ ޑޮލަރު

އެއް ލައްކަ ޑޮލަރު ލައިފައިވާ ތިޖޫރިއެއް ޕޮންޑެއް ނުވަތަ ފެންގަނޑަކަށް އެއްލައިލަފާނެ ކަމަށް ހިތަށް އަރާނީ ކާކު ހެއްޔެވެ؟ އަދި ފެންގަނޑަކުން އެއް ލައްކަ ޑޮލަރު "ބޭނޭނެ" ކަމަށް ހީކުރާނީ ވެސް ކާކުހެއްޔެވެ؟ ނަމަވެސް އެމެރިކާގެ ދެ މީހަކަށް ވަނީ މި ފަދަ "ހަޒާނާ ފޮއްޓެއް ބޭނިފަ"އެވެ.

ބާބަރާ އަގޮސްޓިނީ އާއި ޖޭމްސް ކޭންއަކީ ޕޮންޑުން ކުނި ނަގައިގެން މި ފަދަ ފެންގަނޑުތައް ސާފުކުރާ ދެ މީހުންނެވެ. އެ ގޮތުން ދަގަނޑު އެކުލެވޭ ކުނި ނެގުމަށްޓަކައި ދެ މީހުން ޕޮންޑަށް އެއްލަނީ ދަގައްފާނު ލައިފައިވާ ނަނެވެ.

ނިއު ޔޯކް ސަހަރުގައި ބާބަރާ އާއި ޖޭމްސްއަށް ނެގުނު ދަޑަނގު ތިޖޫރިއެއްގައި ހުރި ސަތޭކައިގެ ނޫޓުތައް ގުނާލުމުން 100،000 ޑޮލަރަށް އަރައެވެ.

ތިޖޫރިއަށް ފެންވަދެފައި ހުރުމުން ޑޮލަރުތަކުގައި ހުރީ ކިސަޑު ހޭއްކިފައެވެ.

މިއީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ޖިނާއީ ކުށެއްކޮށްގެން ހޯދި ފައިސާތަކެއް ކަމަށް ވެދާނެތީ ބާބަރާ އަދި ޖޭމްސް ވަގުތުން ފުލުހުންނަށް ގުޅިއެވެ.

"މި ފައިސާގެ އަގާއި މިއީ އަސްލު ފައިސާކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް. ސަބަބަކީ ތިޖޫރި އޮތް ހާލުގެ ސަބަބުން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެހެން ގޮތަކަށް ބުނަނީ ނަމަ، އެމެރިކާގައި އޮންނަ "ފައިންޑާސް، ކީޕާސް" ނުވަތަ ވެރިއަކު ނެތް އެއްޗެއް ފެނުނު މީހަކަށް އެ އެ އެއްޗެއް ލިބޭ ގޮތަށް އޮންނާތީ މި ފައިސާއަކީ މިހާރު ބާބަރާ އާއި ޖޭމްސްގެ މިލްކެއް ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން މިހާރު ނިންމައިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުރި ޓްރެޝަރީ ވުޒާރާއަށް ގޮސް މި ފައިސާ ހަވާލުކޮށްފައި އާ ފައިސާ ހޯދުމަށެވެ. އެމެރިކާގައި، ހަލާކުވެފައިވާ ފައިސާގެ ބަދަލުގައި ސަރުކާރުން އާ ފައިސާ ދެއެވެ. ނަމަވެސް އެއީ މީހަކު ނުވަތަ ބަޔަކު ޖިނާއީ ކުށެއް ކޮށްގެން ހޯދައިފައިވާ ފައިސާއަށް ނުވާ ކަމަށް ވަނީ ނަމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *