Support Us

މުލީއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ވާހަކައަކީ "ކަނޑައެޅިގެން ބޮޑު ދޮގެއް": ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށާއި އެއީ "އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާ ކަމެއްވެސް ނޫން" ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީ އަށް ތާއީދުކުރާ މީސްމީޑިއާގެ ބައެއް މަންސަތަކުގައި ފޮޓޯތަކާއެކު ޝާއިއުކޮށްފައިވާ ގޮތުން ތިން މިލިއަނެއްހާ ރުފިޔާ ނުވަތަ 180،000 ޑޮލަރަށް މި ކަރޯކޭ ސިސްޓަމް މުލީއާގެއަށް ގަނެފައި ވަނީ މެޑަމް ސާޖިދާ މުހައްމަދު ބޭނުންފުޅު ކުރެއްވުމަށެވެ.

"މިފަދަ ދޮގު ވާހަކަތައް ފަތުރަން މަސައްކަތްކުރާތީ ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ ފަރާތްތަކުންނެވެ،" ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ވިދާޅުވިއެވެ. "އަދި ފޭކް ފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ."

ރައީސް ޑރ. މުއިއްޒާއި އާއިލާ އަދި އެމަނިކުފާނުގެ ސަރުކާރުގެ އަގުވައްޓާލުމަށް، މިދިޔަ ރިޔާސީ އިންތިހާބުގައި ބަލިވި އެމް.ޑީ.ޕީ އަށް ތާއީދުކުރާ މީސްމީޑިއާގެ މަންސަތަކުގައި ކެނޑިނޭޅި ދަނީ "ފޭކް ނިއުސް"ތައް ފަތުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *