...

Support Us

ރައްޔިތުންނަށްޓަކައި ކުރާ ކަންކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނަމަ ބާރު ސްޕީޑުގައި ކުރެވޭނެ: ރައީސް

ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ކަންކަމުގައި، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނަމަ، އެކަންކަން ބާރު ސްޕީޑުގައި ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ބ. ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިތާދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެމަނިކުފާނު ކުލަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދެއްވާއިރު ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބަނދަރުގެ މަޝްރޫޢަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް އެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ހިތާދޫގެ ބިން އިތުރުކުރުމުގެ މަޝްރޫޢު މި އަހަރުތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ދާއިރާއާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ހިތާދޫގެ ރައްޔިތުން އެދިވަޑައިގަންނަވާފައިވާ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. ހަމަ އެއާއެކު ދެންވެސް ރައްޔިތުންނާއި ރަށުގެ ތަރައްޤީއަށް ކަންކަންކޮށްދެއްވައި ރައްޔިތުންނަށް ނަތީޖާ ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް