Support Us

އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތްކޮށްދޭނަން: ރައީސް

ރ. އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަނގޮޅިތީމު ކައުންސިލާއިއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތް އަވަސްކުރުމާއި، ޓީޖެޓީއެއް އަދި މޫދަށް އެރޭނެ ސަރަހައްދަށް ތަރައްޤީކުރަން ބޭނުންވާކަމަށާއި ހެލްތު ސެންޓަރުގެ ޚިދުމަތް 18 ގަޑިއިރަށް އިތުރުކުރަން އެދުން ހިމެނެއެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ހޭންޑް ބޯލްކޯޓާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތްތައްކުރުމަށް ލިބޭ ބަޖެޓު ކުޑަކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *