Support Us

އަލިފުށީގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުން: ކައުންސިލް

ރ. އަލިފުށީގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމަކީ އެރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުންކަމުގައި އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އަލިފުށީ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކުނިމެނޭޖް ކުރުމުގައި ކަރަންޓު ދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއިން ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އ.ތ.މ ކޮމިޓީން އެކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އަދި ޖުމްލަ ގޮތެއްގައި އ.ތމ. ކޮމިޓީތަކަށް އެކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *