Support Us

މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމާ ބެހޭ ބިލް ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ބިލް ތަޞްދީޤުކުރައްވައިފިއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި، އިއްޔެ ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލް ތަޞްދީޤުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ ކަމަށާއި، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އިންތިޚާބު ރޯދައިގެ ކުރީން ބޭއްވުމަށް މީގެ ކުރީންވެސް އެދިވަޑައިގެންފައިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެއާއި މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ޤާނޫނުއަސާސީ ނަގަހައްޓަވާނެ ކަމަށާއި، ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *