Support Us

ށ. އަތޮޅު ހޮސްޕިޓަލަކީ ހުރިހާ މާނައެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމަށް މަސައްކަތްކޮށްދޭނަން: ރައީސް

ށ. އަތޮޅު ހޮސްޕިޓަލަކީ ހުރިހާ މާނައެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިއްޔެ އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ކިއުއްވި މަރުޙަބާއަކީ މިހާތަނަށް އެންމެ ގިނަ ރައްޔިތުން ނުކުމެވަޑައިގެން ކިއުއްވި މަރުޙަބާކަން ފާހަގަކުރައްވައި، އެރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކަމަށާއި، އެގޮތުން އެ ހޮސްޕިޓަލަކީ ޚިދުމަތުގެ ގޮތުންނާއި، އިމާރާތުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމުގައެވެ. ހަމައެހެންމެ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި، އޭގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރުމާއި، އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ފްލައިޓްތައް އިތުރުކުރުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ށ އަތޮޅުގައި ހުރި ރަށްރަށުގެ ތެރެއިން ޓޫރިޒަމް ފުޅާކުރުމަށް ބޭނުންކުރެވިދާނެ ރަށްރަށުގެ ބޭނުންހިފައި ޓޫރިޒަމް ފުޅާކުރުމާއި، ށ. ފުނަދޫގައި ބިންހިއްކުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމާއި، މިހާރުވެސް އޮތްގޮތަށް އާބާދީ އެއްފަސްކުރުމުގެ ކަންކަން ކުރިމަގުގައިވެސް ކުރިއަށްގެންދިއުމަށް މަގު ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *