Support Us

ކަނޑިތީމަށް ވަޢުދުވި ހުރިހާ ކަމެއް ފުރިހަމަކޮށްދޭނަން: ރައީސުލްޖުމްހޫރިއްޔާ

ށ. ކަނޑިތީމަށް މި ސަރުކާރުން ވަޢުދުވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަނޑިތީމުގެ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ، މަގުތައް ހެދުމާއި، ސްކޫލުގެ 12 ކްލާސްރޫމާއި، އޮފީސް ޖާގަ އިތުރުކުރުމާއި، މިހާރު ކުރިއަށްދާ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމާއި، އަދި އެގޮތަށް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ހެލްތު ސެންޓަރުގައި ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ހަމަޖެއްސުމާއި، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ހޯދުމަކީވެސް އެމަނިކުފާނު ފުރިހަމަކޮށްދެއްވާނެ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރަހައްދީ ތަރައްޤީއަށް އިސްކަން ދެއްވައިގެން، އުތުރުގެ ހަތަރު އަތޮޅު ތަރައްޤީ ކުރެވިގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *