Support Us

ރަނގަޅު ފެންވަރުގެ ހައުސިން މަޝްރޫޢެއް ނޮޅިވަރަންފަރުގައި ހިންގާނަން: ރައީސް

މި ފަސް އަހަރު ދުވަހަށް ބަހާލައިގެން 40،000 ހައުސިންގ ޔުނިޓް ގާއިމުކުރާއިރު އޭގެ ތެރޭގައި ހިމެނިގެން ރަނގަޅު ފެންވަރުގެ ހައުސިންގ މަޝްރޫޢެއް ހދ. ނޮޅިވަރަންފަރުގައި ހިންގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޮޅިވަރަންފަރުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޮޅިވަރަންފަރަކީ އާބާދީ އެއްފަސްކުރުމުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނުގައިވެސް މުހިންމު ރަށެއްކަމުގައި ވިދާޅުވިއެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަދަލުގެންނަވާނެ ކަމަށާއި، ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް ކޮންމެހެން ތިބެންޖެހޭނެ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި، ހަދަންޖެހޭ ގިނަ ޓެސްޓުތައް ހެދޭ ރަނގަޅު ފެންވަރުގެ ލެބޯޓްރީގެ ޚިދުމަތްދެވޭ ތަނަކަށް ރަށުގެ ޞިއްޙީ މަރުކަޒު ހެދުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަންތައްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، މަލްޓިޕަރޕަސް ހޯލާއި ބޭނުންވާ އެހެން ވަސީލަތްތަކާއެކު މުޅިން އައު ސްކޫލެއް ބިނާކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤުތިޞާދު މެނޭޖުކުރަމުންވެސް އެމަނިކުފާނު ނޮޅިވަރަންފަރަށް ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ކުރިއަށްގެންދަވާނެ ކަމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *