Support Us

އުލިގަމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހއ. އުލިގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ތުރާކުނު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންދަން ބޭނުންވާކަމަށާއި، ރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރަން ބޭނުންވާކަން ހިމެނެއެވެ. އަދި ރަށުގެ ރައްޔިތުން އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމުގައި ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން ޔޮޓު ފަހަރަށް ބޭނުން ހިފޭނެގޮތަކަށް ބަނދަރު ތަރައްޤީ ކޮށްދެއްވުމަށާއި، ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮފީހުގެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ހިމެނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި އެރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *