Support Us

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދޭނަން: ރައީސް

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާންދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދާންދޫގެ ރައްޔިތުން އެދިވަޑައިގެންފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި، ޖުމްލަ ގޮތެއްގައި އެ ހުރިހާ ކަންކަމެއްވެސް ކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއާ ބެހޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުމަށް އަމިއްލަ ކުންފުނިތަކުން އިންވެސްޓުކުރުމަށް ހުޅުވާލައިގެން ނަމަވެސް، ވަކި ތަރުތީބަކުން ގިނަ ކަންކަން ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *