Support Us

ޞިނާޢީ ބަނދަރެއްގެ ގޮތުގައި ގެމަނަފުށީ ބަނދަރު ތަރައްޤީ ކުރާނަން: ރައީސް

ގއ. ގެމަނަފުއްޓަކީ މަސްވެރިކަމުގައި ވަރަށް މަޝްހޫރު ރަށެއްކަމުގައި ފާހަގަކުރައްވައި، ރަށުގެ ރައްޔިތުން އެދޭގޮތަށް އެރަށުގެ ބަނދަރު ޞިނާޢީ ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގެމަނަފުށީ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ތަރައްޤީކުރުމަށް ވިސްނައިގެން ގެމަނަފުއްޓަށް ތަރައްޤީ ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަމަ އެއާއެކު މިއަދު ގެމަނަފުށީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ތަފުޞީލީ ގޮތެއްގައި މަޝްވަރާކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަންކަން ޙާޞިލުކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން އެ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ގެމަނަފުށީގައި މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރަށް މަޖިލީހުގެ ތާއީދާއެކު ޤައުމަށް ތަރައްޤީ ގެނައުމަށް ފަސޭހަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ތަރައްޤީގެ އެތައްކަމެއް މަޖިލީހުގެ މަސައްކަތްތަކާއިވެސް ގުޅިފައިވާކަން ފާހަގަކުރައްވައި އެކަންކަން ޙާޞިލުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އެގޮތުން ރައްޔިތުން ދެއްވާ ތަރުޙީބާއެކު ތަރައްޤީގެނައުމަށް ސަރުކާރަށް ފަސޭހަވާނެކަމުގައި ފާހަގަކުރައްވައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *