Support Us

އަސީރުންގެ ވަގުތު ކުޑަތަންވަމުންދާ ކަމަށް ޙަމާސުން ބުނެފި

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ އަސީރުންގެ ވަގުތު ކުޑަތަންވަމުންދާ ކަމަށާއި އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެމީހުން މަރުވަމުންދާ ކަމަށް ޙަމާސްގެ ޤައްސާމު ޖަމާޢަތުގެ ތަރްޖަމާން އަބޫޢުބައިދާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވާގޮތުގައި އަސީރުން ޙިމާޔަތްކުރުމަށް ޤައްސާމުން ދަނީ ބޮޑެތި ބުރަތަކެއް އުފުއްލަމުންނެވެ. އެހެނަސް އިސްރތާއީލުން ދަނީ އެމީހުން މަރަމުންނެވެ.

އަބޫޢުބައިދާ ވިދާޅުވިގޮތުގައި އަސީރުން ޙިމާޔަތް ކުރަމުން މި ދަނީ އިސްރާއީލުގެ ޖަލުތަކުގައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ އަސީރުން މިނިވަން ކުރެވޭތޯއެވެ.

އަބޫ ޢުބައިދާ ވިދާޅުވިއެވެ. "އަޤްޞާ ޠޫފާނު ފެށުނުފަހުން މިވީ 133 ދުވަހެވެ. މި ޠޫފާނުގެ ސަބަބުން ބިން މިނިވަން ކުރެވޭނެއެވެ. މިއީ މި ޒަމާނުގެ ތާރީޚު ދެކެފައިވާ އެންމެ ބޮޑު އަދި އެންމެ ދިގު އަނިޔާވެރިކަން ނިމުމުގެ ފެށުމެވެ.އެ ކަން ވާނީ އަހުރެމެންގެ އުންމަތުގެ ތާރީޚުގައި ފާހަގަ ކުރެވޭ މޭލުގަލަކަށެވެ."

އޭނާ ވިދާޅުވިގޮތުގައި ޤައްސާމުގެ ހަނގުރާމަވެރިން ދަނީ ޢަދުއްވުންގެ ސަފުތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.  "އަހުރެމެން ދުރަށް ދައްކާ އަދި ފަތުރާ ޚަބަރުތަކަކީ އޭގެ ވަރަށް ކުޑަ މިންވަރެކެވެ. ސަލާމަތީ ސަބަބުތަކާހުރެ ބައެއް ވީޑިއޯތައް ދުރަށް ދެއްކުން ފަސްކުރުމަށް ވަނީ އިސްކަންދެވިފައެވެ."

އޭނާ ވިދާޅުވިއެވެ. "އަހުރެމެންގެ މުޖާހިދުން ޣައްޒާގެ އުތުރާއި މެދުތެރޭގައްޔާއި ދެކުނުގައި ކުރަމުންދާ ހަނގުރާމަތައް ކުރަމުންދަނީ ތަފާތު ހުނަރުތަކާއި އުކުޅުތަކާއި އެ ތަނަކަށް އެ ވަގުތަކަށް އެންމެ މުނާސަބު ހަތިޔާރު ބޭނުންކޮށްގެންނެވެ."

އަބޫ ޢުބައިދާ ވިދާޅުވިއެވެ. "އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން އަހުރެމެންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންނަށް ނުރައްކާތަކާ ކުރިމަތިވަމުންދާ ވާހަކަ އެތައް ފަހަރަކު ބުނީމެވެ. އެހެނަސް އެމީހުންގެ ވެރިން މި އަޑެއް ނާހައެވެ. ދުޝްމަނުންގެ އަސީރުން ތިބީ ވަރަށް ދަތި ޙާލަތެއްގައެވެ. އެމީހުން ދަނީ މަރާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އެމީހުންގެ ޞިއްޙީ ޙާލަތުވެސް ރަނގަޅެއް ނޫނެވެ. ފަރުވާ ދެވޭނެ ގޮތެއް ނެތެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *