Support Us

ސްވިޑްންގައި މުޞްޙަފު އެންދި މީހާ ފުރުވައިލުމަށް ހިޖްރަޔާ ބެހޭ ކޯޓުން ނިންމައިފި  

ސްވިޑްންގެ ވެރިރަށް ސްޓޮކްހޮލްމުގައި މި ދިޔަ އަހަރު މުޞްހަފުގެ ކޮޕީތައް އެތައް ފަހަރަކު އެންދި ޢިރާޤުގެ ރެފިޔުޖީ ސަލްވާން މޫމިކާ ސްވިޑުނުން ފުރުވައިލުމަށް ސްވިޑްން ސަރުކާރުން ނިންމިނިންމުމަށް އެ ޤައުމުގެ ހިޖްރަޔާ ބެހޭ ކޯޓުން ނިހާއީގޮތުން ތާއީދުކޮށްފިއެވެ.

ސްވިޑްންގެ އިކޮޓް ރޭޑިއޯ ބުނާގޮތުގައި އޭނާ ކޯޓަށް ހުށައެޅި އިސްތިއުނާފު ކޯޓުން ވަނީ ބަލައިގަތުމާ ދެކޮޅުހަދައިފައެވެ.  ސްވިޑްންގެ އިމިގްރޭޝަންގެ ޤަރާރަށް ކޯޓުން ވަނީ ތާއީދު ތަޞްދީޤުކޮށްފައެވެ.

މި ދިޔަ ބޮޑު ޢީދު ދުވަހު މޫމިކާ ވަނީ ސްވިޑްންގެ ބޮޑުމިސްކިތް ކައިރީގައި މުސްލިމުންނަށް ބަދުބަސްތައް ގޮވަމުން، މުޞްޙަފެއް މައްޗަށް ފައިން އަރައި އޭގެ މައްޗަށް އޫރު ތެޔޮ އަޅައި އޭގެ ގަނޑުތަކެއް އަންދައިލައިފައެވެ. މި ކަލޭގެ އެ ކަންތައް ކޮށްފައިވަނީ ސްވިޑްންގެ ފުލުހުންގެ ޙިމާޔަތް ލިބިގެންނެވެ. އޭނާގެ މި ޢަމަލަށް ސްވިޑްން ސަރުކާރުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ކިޔައިފާ ތާއީދުކޮށްފައެވެ. އޭގެފަހުން އޭނާ ވަނީ މިފަދަ އެތައް ކަންތައްތަކެއް ކޮށްފައެވެ.

މިކަމާ ވިދިގެން އިސްލާމީ ޤައުމުތަކުގައި ސްވިޑްނާ ދެކޮޅަށް މުޒާހަރާތައްކޮށް ސްވިޑްންގެ މުދާ ބޮއިކަޓް ކުރަން ގޮވައިލައިފައެވެ. އެހިސާބުން މި މަސްއަލަ ސިޔާސީ މަސްއަލައަކަށްވެ ސްވިޑްނުން އެކަމާމެދު ވިސްނަން ފެށިއެވެ. 

ސްވިޑްން ނޭޓޯއަށް ވަންނަން އެދުމުން ތުރްކީން ވަނީ މި މަސްއަލައިގައި ސްވިޑްނާ ދެކޮޅުހަދައިފައެވެ. އެންމެފަހުން ސްވިޑްން ނޭޓޯއަށް ވައްދަން ތުރްކީ ބަރްލަމާނުން ވޯޓުދިނީ މި މަސްއަލައިގައި ސްވިޑްނުން ދޫދިނީމައެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ސްވިޑްންގެ އިމިގްރޭޝަނުން ވަނީ އޭނާގެ ވީޒާ އައުކޮށްދިނުމާ ދެކޮޅުހަދައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *