Support Us

އަޒަރުބައިޖާނުގެ ރައީސްކަމަށް ފަސްވަނަ ދައުރަކަށް އިލްހާމު ޢަލިޔޭވް

އަޒަރުބައިޖާނުގައި ރައީސް އިލްހާމު ޢަލިޔޭވް ހަތް އަހަރުގެ ފަސްވަނަ ދައުރަކަށް ރިޔާސީ އިންތިޚާބު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބުކުރައްވައިފިއެވެ.  

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ޢަލިޔޭވް، 62، ކުރިޔަށް ޖައްސައިލެއްވީ މީގެ ހައެއްކަ މަސްކުރިން އޭނާ ނަގަރްނޯ ކަރްބާޚު ސަރަޙައްދަށް ދެއްވި ކުއްލި ޙަމަލާގައި އަރްމަނުން ބަލިކުރައްވާ އެ ސަރަޙައްދު އަލުން އަޒަރްބައިޖާނުގެ ބާރުގެ ދަށަށް ގެންނެވުމުން ލިބިވަޑައިގެން ރައްޔިތުންގެ މަޤްބޫލުކަމާ ހެދިއެވެ.

އިންތިޚާބާ ބެހޭ މަރްކަޒީ ކޮމެޓިން ރޭ ކުރި އިޢުލާން ބުނާގޮތުގައި މި އިންތިޚާބުގައި ޢަލިޔޭވަށް 92.1% ވޯޓު ލިބިވަޑައިގަތެވެ. މި ކޮމެޓީގެ ރައީސް މަޡާހިރު ބިނާހޯވް ހާމަކުރެއްވި ގޮތުގައި މި އިންތިޚާބުގައި 4.9 މިލިއަން މީހުން ވޯޓުލިއެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 76.73% އެވެ. 

މި އިންތިޚާބުގައި ޖަ ބޭފުޅަކު ރައީސް ޢަލިޔޭވާ ވާދަކުރެއްވިއެވެ. އެންމެ ގާތުން ވާދަކުރެއްވި މިނިވަން ކެންޑިޑޭޓު ޒާހިދު ޢުރޫޖަށް ލިބިވަޑައިގަތްފައި ވަނީ އެންމެ 2.2% ވޯޓެވެ. 

ޢަލިޔޭވް ރައީސްކަމަށް އިސްވެވަޑައިގަތީ އޭނާގެ ބައްޕާފުޅު ޙައިދަރު ޢަލިޔޭވް 2003 ގައި އަވަހާރަވުމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *