Support Us

އިންޑިއާގެ ސިފައިން ބޭލުމަށް ރައީސް މުއިއްޒު އެދިވަޑައިގަތުމަށް ތަބާނުވެ، ސިފައިން ބާލާނީ މެއި 10 ގައި ކަމަށް ބުނެފި

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާގެ ސިފައިން މާޗް 15 ގެ ކުރިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ނަމަވެސް އިންޑިއާއިން އެކަމަށް ތަބާނުވެ، ހުރިހާ ސިފައިން ބާލާނީ މޭ 10 ގައި ކަމަށް ބުނެފި އެވެ.

އިންޑިއާއިން އެހެން ބުނެފައިވަނީ ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ރާއްޖެއާއި އިންޑިއާއާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރުމަށް އުފައްދައިފައިވާ ހައިލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމަށްފަހު ރާއްޖޭގެ ހާރިޖިއްޔާއިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން ކޮންމެ ވެސް އެއް ސަރަހައްދެއްގައި ތިބި ސިފައިން މާޗް 10 ގެ ކުރިން ބާލާނެ ކަމަށާއި ބާކީ ތިބި މީހުން ވެސް އަންނަ މެއި މަހުގެ 10ގެ ކުރިން ބާލަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި މިވަގުތު ތިބި 88 އިންޑިއާ ސިފައިން އަންނަ މަހުގެ 15ގެ ކުރިން އަނބުރާ ގެންދިއުމަށް ރާއްޖޭގައި ބޭއްވި ހައިލެވަލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހުށަހަޅުއްވައިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ 15 މާޗްގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމެވުމަށް ހުށަހަޅުއްވާފައި،" ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާާޅުވެފައިވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެންޕެއިންގެ އެންމެ ބޮޑު އެއް ވައުދުފުޅު ކަމުގައިވާއިރު އެ މަސައްކަތް ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަނީ ފައްޓަވައިފަ އެވެ. އަދި އެ މަސައްކަތަކީ ހަފްތާ14 ގައި ވެސް ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ކަންތަކެވެ.

ދުބާއީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް ސަމިޓް ބައްދަލުވުގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަނީ ބައްދަލުކުރައްވައިފަ އެވެެ. އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމަށް ރާއްޖޭގެ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް މޯދީ ވިދާޅުވި ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *