14:15
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަރުކާރުގެ އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމާއި ދެ ވަޒީރަކަށް ރުހުން ނުދޭން އެމް.ޑީ.ޕީ ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދައުރުން ބޭރުގައި ބޭއްވި މިއަދުގެ ޖަލްސާގައި ވަކިވަކިން ވޯޓަށް އެހުމުން، ޖުމްލަ 22 ވަޒީރުން ހިމެނޭ ކެބިނެޓުގެ ތެރެއިން ބައެއް ވަޒީރުންނަށް ރުހުން ނެތް ކަމަށް ވޯޓު ދިނީ އިދިކޮޅު އެމް.ޑީ.ޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ވަޒީރުން:
- އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް- ނުފެންނަ 44، ފެންނަ: 24
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު- ނުފެންނަ: 31، ފެންނަ: 30
- މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު- ނުފެންނަ: 46، ފެންނަ: 24
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުނު ވަޒީރުން:
- މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން- ނުފެންނަ 0، ފެންނަ: 71
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު- ނުފެންނަ 0، ފެންނަ: 70
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން- ނުފެންނަ 1، ފެންނަ: 68
- މިނިސްޓަރ އޮފް ފިނޭންސް ޑޮކްޓަރ މުޙައްމަދު ޝަފީޤް- ނުފެންނަ 0، ފެންނަ: 71
- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު- ނުފެންނަ 9، ފެންނަ: 55
- މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ ޢަބްދުالله ޚަލީލް- ނުފެންނަ 0، ފެންނަ: 69
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު- ނުފެންނަ 37، ފެންނަ: 32
- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް. ނުފެންނަ 37، ފެންނަ: 31
- މިނިސްޓަރ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އިބްރާހީމް ފައިޞަލް- ނުފެންނަ 2، ފެންނަ: 58
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް- ނުފެންނަ 0، ފެންނަ: 68
- މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރާފިޢު- ނުފެންނަ 0، ފެންނަ: 70
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤު އިބްރާހީމް- ނުފެންނަ 0، ފެންނަ: 69
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، މުޙައްމަދު އަމީން- ނުފެންނަ 1، ފެންނަ: 67
- މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމް- ނުފެންނަ 0، ފެންނަ: 63
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ- ނުފެންނަ 1، ފެންނަ: 65
- މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުالله މުއްޠަލިބް- ނުފެންނަ 0، ފެންނަ: 70
- މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ- ނުފެންނަ 0، ފެންނަ: 70
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު- ނުފެންނަ 0، ފެންނަ: 68
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްފާޟިލް އާދަމް ޝަރީފް- ނުފެންނަ 0، ފެންނަ: 68
މިގޮތަށް ފާސްކުރުމުން، ހުސްވި އަހަރުގެ ނޮވެމްބަރު 17 ގައި ވަޒީރުކަމުގެ ހުވައި ކުރެއްވި މި ތިން ވަޒީރުންގެ މަގާމުގެ ހައިސިއްޔަތު، 72 ދުވަހަށްފަހު ގެއްލުނީއެވެ.
މީގެ ކުރީގެ ރިޔާސީ ދައުރުތަކުގައި، އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ހުރިހައި ވަޒީރުންނަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ. އިތުބާރު ނެތް ކަމަށް ފާހަގަވެގެން ބައެއް ވަޒީރުން މަގާމުން ދުރުކޮށްފައި ވަނީ އޭގެ ފަހުންނެވެ.



advertisment